ads
ޓްރީޓޮޕް ހޮސްޕިޓަލް -- ފޮޓޯ: ޓްރީޓޮޕް
ޓްރީޓޮޕްގެ މުވައްޒަފަކަށް ވެސް ކޮވިޑް-19 ޖެހިއްޖެ
ޓްރީޓޮޕްގެ މުވައްޒަފަކަށް ވެސް ކޮވިޑް-19 ޖެހިފައިވާ ކަމަށް ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އިއްޔެ ޓްރީޓޮޕް ހޮސްޕިޓަލުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭނާއާ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަހު ނުވަ މުވައްޒަފަކު އެކަހެރިކޮށްފައިވާ ކަމަށެވެ. 

އެކަމަކު އެއްވެސް ޕޭޝަންޓަކު އެކަހެރި ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ. 

"ދެން އެ ސްޓާފުންގެ ވެސް ޓެސްޓްކުރުމާއި ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް ދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހަމައެކަނި ކޮވިޑް-19 އަށް ފަރުވާދޭ ތަނެއްގެ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލު، މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހު ބޭނުންކުރަން ފަށާފައިވާއިރު މިމަހުގެ އެއް ވަނަ ދުވަހު އެތަން އާންމު ހާލަތަށް ގެނައުމަށްޓަކައި އެތަނުގައި ފަރުވާދެމުންދިޔަ މީހުން ވަނީ ޑީއެޗް11 އަށް ބަދަލުކޮށްފަ އެވެ. 

ކުރިއެކޭ އެއްގޮތަށް އެ ހޮސްޕިޓަލުން ހިދުމަތް ދޭން ފެށީ، އެތަން ޑިސްއިންފެކްޓް ކުރުމަށް ފަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް