ads
ބިދޭސީ މީހަަކު ގައިން ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ކޮވިޑް-19 ޖެހިގެން މިއަދު މަރުވީ 10 ވަނައަށް އެބަލީގައި މަރުވި މީހާގެ އާއިލާ މީހެއް
މިއަދު ކޮވިޑް-19 ޖެހިގެން މަރުވި މީހާއަކީ އެބަލީގައި ރާއްޖެއިން 10 ވަނަ އަށް މަރުވި މީހާގެ އާއިލާ މީހެއް ކަމަށް ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ، ނަޒްލާ ވިދާޅުވީ، ރޭ ދަންވަރު މަރުވި މީހާއަކީ 10 ވަނައަށް އެބަލީގައި މަރުވި މީހާގެ އާއިލާ މީހެއް ކަމަށެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ރާއްޖެއިން 11 ވަނަ މީހަކު ކޮވިޑް-19 ގައި މަރުވީ ރޭ ދަންވަރު 1:52 ގަ އެވެ. 

އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ އަންހެނެކެވެ. 

ދިހަ ވަނައަށް އެބަލީގައި މަރުވި މީހާއަކީ ވެސް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުންދިޔަ މީހެކެވެ.

މިހާރު ރާއްޖެއިން 2468 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 2049 މީހަކު ވަނީ ބަލިން ރަނގަޅުކުރެވިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް