ads
ގާޒީ ހަސަން ނަޖީބު---
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އިސްތިއުފާ ދެއްވައިފި
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މިރޭ މަގާމުން އިސްތިއުފާ ދެއްވިިއިރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ގާޒީ ނަޖީބު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ނިންމާފަ އެވެ. 

ޖޭއެސްސީން ބުނެފައި ވަނީ ގާޒީ ހަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ އަތޮޅު ކައުންސިލްގެ ގއ. ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ގާޒީ ހަސަން ނަޖީބު މަސައްކަތް ކޮށްފައިވާކަމާއި އަދި ކެނޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއިކުރުވުމުގައި ގާޒީ ހަސަން ނަޖީބު ބައިވެރިވިކަމާއި އެ އިންތިހާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެނޑިޑޭޓްގެ ކެނޑިޑެސީ ބާތިލުކުރުމަށް ގާޒީ ހަސަން ނަޖީބު މަސައްކަތް ކުރިކަމަށެވެ. 

އޭގެ އިތުރުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި ގާޒީ ހަސަން ނަޖީބު ވާހަކަ ދައްކާފައިވާކަމާއި، އަދި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ތަހުގީގީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ އަދުލުގެ ނިޒާމުގައި އެކަށައެޅިފައިވާ ޤާނޫނީ އަސސްތަކާ ކަނޑައެޅިގެން ހިލާފަށް ދެ މީހަކު ހައްޔަރުކުރުމަށް ގާޒީ ހަސަން ނަޖީބު އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަން ސާބިތުވާ ކަމަށެވެ.  

ގާޒީ ހަސަން ނަޖީބު، ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވަނިކޮށް މިރޭ އިސްތިއުފާ ދެއްވިއިރު ޖޭއެސްސީން ގާޒީ ނަޖީބު ސަސްޕެންޑް ކޮށްފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން ޖޭއެސްސީއަށް ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާކަން ސާބިތުވެފައިވާކަމަށް ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް