ads
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހެއް ވަޅުލުމުގެ ތެރެއިން--
ކޮވިޑް19ގައި ރާއްޖެއިން 12 ވަނަ މީހަކު މަރު ވެއްޖެ
މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް
މަރުވިއިރު އެޑްމިޓް ކޮށްފައި އޮތީ ޑީއެޗް11 ގައި
މިއީ ރާއްޖެއިން ކޮވިޑް19 ގައި މަރުވި 12 ވަނަ މީހާ
ކޮވިޑް19ގައި ރާއްޖެއިން 12 ވަނަ މީހަކު މަރު ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ ފަތިހު 04:35 ހާއިރު ޑީއެޗް11 ގައި ކޮވިޑް19 އަށް ފަރުވާ ދެމުންދިޔަ ފަރާތެއް ނިޔާވެފައިވާ ކަމަށެވެ. 

އެގޮތުން ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދީފައިވެ އެވެ. 

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޖުމުލަ 2468 ފަރާޓެއް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 2049 ފަރާތެއް މި ބަލިން ރަނގަޅު ވެފައިވާއިރު މިވަގުތު ފަރުވާދެމުންދަނީ 403 ފަރާތަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް