ads
ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވާ ބަޔަކީ ސިފައިން: ރައީސް
ދިވެހި ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ރައްޔިތުންގެ ދިފާއުގައި، އެންމެ ފުރަތަމަ ތެދުވާ ބަޔަކީ ދިވެހި ސިފައިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކަޅުތުއްކަލާ ކޮށީގައި ރޭ ސިފައިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް، މިހާތަނަށް ކުރި މަސައްކަތުގައިވެސް، އަދި މިހާރު ކުރަމުންދާ މަސައްކަތުގައިވެސް، ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ގާބިލުކަމާއި، ގައުމަށް ހިދުމަތް ކުރުމުގައި، އެއްވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ތިބި މަންޒަރު ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ހާލަތުގައި ސިފައިން ކުރީ އަގު ނުކުރެވޭނެ ވަރުގެ ބޮޑު މަސައްކަތެއް ކަމަށާއި އެ މަސައްކަތް ސިފައިން ކުރީ މި ބަލީގެ ނުރައްކާތެރިކަން އެނގި ތިބެ ފުރާނަ އަށް ކުރިމަތިވެދާނެ ނުރައްކަލަށް ބެލުމެއް ނެތި ކަމުގައިވެސް ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ވަރަށް ގިނަ ހުރަސްތަކާއި، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، މާތް ﷲ ގެ ވާގިފުޅާއެކު، އެ ހުރަސްތައް ގިރާކޮށް، މިއަދު މިތިބަ ހާލަތަށް އާދެވުމުގައި، ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.

"އޭރުން ދިވެހި ސިފައިންގެ ގައުމީ ހިދުމަތް މިހާރަށް ވުރެ ވެސް ފުރިހަމައަށް ދިވެހި ގައުުމަށް ލިބެމުންދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން." ރައީސް ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19އާއެކު ރާއްޖެއަށް ދިމަވި ދަތި އުދަގޫ އަދި ގޮންޖެހުންބޮޑު މަސައްކަތުގައި ދިވެހި ސިފައިން ދައްކާދީފައިވަނީ ސާބިތުކަމާއި ހިތްވަރާއި ވަތަނީ ލޯބިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ގައުމުގެ ދިފާއީ މައި ތަނބަކީ ސިފައިން ކަމަށް ބަލައިގެން އެމީހުންގެ ގާބިލްކަން އިތުރު ކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ރާއްޖެ ތަރައްގީކުރުމުގައި ކުރިއަށްދަނީ ދިފާއީ މައިތަބަކީ އަސްކަރިއްޔާ ކަމުގައި ބަލައިގެން. ސިފައިންނަކީ އިލްމީގޮތުންނާއި، ފަންނީގޮންވެސް އަދި ޖިސްމާނީ، ނަފްސާނީ ސިފަވަންތަ ބަޔަކަށް ހެދުމަސްވަރަށް ހާއްސަ ސަމާލުކަމެއްދެން. ސިފައިންގެ ވެލްފެއާގެ ކަންތައް މިހާރަށްވުރެއް ހަރުދަނާ ގޮތެއްގައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ. އޭރުގެ ސިފައިންގެ ހިދުމަތް މިހާރަށްވުރެ ފުރިހަމަށް ލިބޭނެ" ރައީސް ސޯލިހް ވިދާޅުވި އެވެ.

މި ދަތި އުނދަގޫ ހާލަތުގައި، ސިފައިންގެ އާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ސާބިތުވެ ތިއްބެވި ކެތްތެރިކަން ފާހަގަކުރައްވައި، އެ ހުރިހާ ބޭފުޅުންނަށްވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރެއްވިއެވެ. 

ރައީސް ރޭ ސިފައިންނާއި ބައްދަލު ކުރައްވާފައިވާއިރު އިއްޔެ ހަވީރު ވަނީ ފުލުހުންނާއި ވެސް ބައްދަލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް