ads
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ހިޔާމަޝްރޫއުގެ ފްލެޓްތައް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށަހަޅައިފި
ހިޔާމަޝްރޫގު ފްލެޓްތައް ލިބުނު ފަރާތްތަކަށް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޝިޔާމް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރުމަށް ފާސްވެފައިވަނީ 45 މެމްބަރުންގެ ވޯޓުންނެވެ. މިކުއްލި މައްސަލައިގައި ބުނެފައިވަނީ ހިޔާމަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތަކަށް ވީ އެންމެ އަވަހަށް އެ ފްލެޓްތައް ހަވާލުކޮށް ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ވީއެންމެ އަވަހަކަށް ފުއްދުމަށް ގޮލާކަމަށެވެ. 

ޝިޔާމްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ފްލެތްތައް ހަވާލުކުރުން ލަސްވަމުން ދާތީ އަދި ފްލެޓްތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ވަރަށް ގިނަ ރައްޔިތުން އެބަތިބި ކަމަށެވެ. ކޮވިޑް19 ގެ ހާލަތާއި ގުޅިގެން ރައްޔިތުންނަށް ގިނަ ދަތިތަކަކާ ކުރިމަތިވެފައިވާކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ އެ ފްލެޓްތަކަށް ވީއެންމެ އަވަހަކަށް ވަދެވޭނެ ގޮތެއް ހަދައިދިނުމަށް ގޮވާލާކަމަށެވެ. 

ކުއްލި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދުތައް ނުފުއްދާ މިހާރު ނިމިފައިހުރި ފްލެޓްތައް ނުދިނުމަށް މަސައްކަތްކުރާކަމަށެވެ. އަދި ވީ އެންމެއަވަހަކަށް ފްލެޓްތައް ހަވާލު ކުރުމަށް ގޮވާލާކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް