ads
ނައިބުރައީސް ތެލްސީމިއާ ސެންޓަރަށް ޒިޔާރަތް ކުރުން
ތެލެސީމިއާ ސެންޓަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދޭން އެދިއްޖެ
ނެޝެނަލް ތެލްސީމިއާ ސެންޓަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް ހާއްސަ ސާމާލުކަމެއް ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ތެލެސީމިއާ ސެންޓަރުގެ ހާލަތު ބައްލަވާލުމަށް ނައިބު ރައީސް ފައިސަލް އިއްޔެ ކުރި ޒިޔާރަތުގައި އެތަނުގެ ހިދުމަތްތައް ފޯރުކޮށްދެއްވާ ގޮތް ބައްލަވާލައްވާފައިވާ ކަމަށެވެ. އެގޮތުން އެ ސެންޓަރުން ހިދުމަތް ހޯދާ ބައެއް ފަރާތްތަކާ ބައްދަލުކޮށް ލޭ އަޅާ ކުދިންނަށް ދިމާވާ ދަތިތަކުގެ މައުލޫމާތު ސާފުކޮށްފައިވާކަމަށް ވެސް ބުނެފައިވެ އެވެ.

މެނޭޖްމަންޓުން ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު އެތަނުން ވަނީ ނައިބް ރައީސްއާ ހިއްސާކޮށްފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. 

އެ ޒިޔާރާތުގައި ނައިބު ރައީސް ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރެއްވުމަށް ކަމާގުޅުންހުރި އިދާރާތަކުގައި އެދިވަޑައިގެންފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. 

އެ ސެންޓަރުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް