ads
އިންޑިއާގައި ކޮވިޑް-19 އަށް މީހުަކު ޓެސްޓު ކުރަނިކޮށް
ކޮވިޑް-19: ދުނިޔޭގެ ތިން ވަނައަށް އެންމެ ގިން ކޭސް ފެނިފައިވަނީ އިންޑިއާއިން
އާދިއްތަ ދުވަހު ފެނުނު 25،000 އެއްހާ ކޭސްއާއި އެކު އިންޑިއާ ދުނިޔޭގެ ތިން ވަނައަށް އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ގައުމަށް ވެއްޖެ އެވެ.

އިންޑިއާގައި ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެމުންދާއިރު މި ބަލީގައި އިތުރު 421 މަރު ވަނީ ރިކޯޑް ކޮށްފައެވެ. އަދި ޖުލައި މަހު ތެރޭގައި އިންޑިއާއިން ކޮވިޑް19 އަށް މަރުވި މީހުންގެ އަދަދު ވަނީ 2،300 އަށްވުރެ މައްޗަށް އަރާފައެވެ.

އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އާދިއްތަ ދުވަހު ފެނިފައިވާ ކޭސްތަކާއި އެކު އިންޑިއާގައި ކޮވިޑް-19 ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 697،887 އަށް އަރާފައެވެ. މިއާއި އެކު ކޮވިޑް ކޭސްތަށް ތިންވަނަ އަށް އެންމެ ގިނައިން ފެނިފައިވާ ގައުމަކަށް އިންޑިއާ ވެފައި ވާއިރު އެންމެ ގިނައިން ކޮވިޑް19 ގެ ކޭސްތައް ފެނިފައިވަނީ އެމެރިކާއިންނެވެ.

އާދިއްތަ ދުވަހު އިންޑިއާއިން ފެނުނު 24،912 އިތުރު ކޭހާއިއެކު ޖުލައި މަހު މިހާތަނަށް ފެނިފައިވާ ކޭސް ތަކުގެ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

މިހާތަނަށް ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ހާލަތު އެންމެ ގޯސްވެފައި ވަނީ މިދިޔަ ޖޫން މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް