ads
ހުޅުމާލޭގައި ބިދޭސީން މުޒާހަރާކުރަނީ-- ފޮޓޯ: ސީއެންއެމް
މުސާރަ ނުލިބޭތީ ހުޅުމާލޭގައި ބިދޭސީން މުޒާހަރާކުރަނީ
މުސާރަ ނުލިބޭތީ ބިދޭސީންތަކެއް ހުޅުމާލޭގައި މުޒާހަރާކުރަން ފަށައިފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބޭ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންތަކެއް މުޒާހަރާކުރަމުން ދަނީ އައިލްސް ރެސިޑެންޓް ކައިރީގަ އެވެ. 

އެ ސަރަހައްދުގައި މިހާރު ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނައިރު މައުލޫމާތު ލިބޭ ގޮތުގައި މުސާރަ ނުލިބޭތީ މުޒާހަރާކުރަމުންދަނީ ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީންތަކެކެވެ. 

އެކަމަކު އޭގެ ތެރޭގައި އެހެން ކުންފުނިތަކުގެ ބިދޭސީ މުވައްޒަފުން ވެސް އެ މީހުންނާއެކު މުޒާހަރާކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. 

މީގެ ކުރިން ވެސް ފުލުހުންނާއި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުން ވަނީ މުސާރަ ނުލިބިގެން، އެ ސައިޓުގައި ތިބެ މުޒާހަރާކޮށްފަ އެވެ. 

އެ ކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު، ވެސް ވަނީ ބ. ބޮޑުފިނޮޅުގައި ރިސޯޓު ހަދަމުން އަންނަ، ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަމަސް ދުވަސްވެފައިވާތީ އެރަށުގައި ބޮޑު ހަމަނުޖެހުންތަކެއް ހިންގާފަ އެވެ. އަދި މިދޭތެރެއިން މުސާރަައިގެ މައްސަލައިގައި ބިދޭސީންތަކެއް ވަނީ ތިލަފުށީގައި ވެސް މުޒާހަރާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް