ads
އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބޭފުޅުން --- ފޮޓޯ: އެމްއެންޑީއެފް
ކާށިދޫ ކަނޑަށް ބޯޓެއް އަޑިޔަށް ގޮސް، ބަޔަކު ކަނޑުވެއްޖެ
ކާށިދޫ ކަނޑަށް ބޯޓެއް އަޑިޔަށް ގޮސް، ބަޔަކު ކަނޑުވެއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ފަސް މީހަކާއި އެކު މާލެއިން ފުރައިގެން ދޮނަކުޅިއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ އެހީއަށް އެދިފައި ވަނީ 12:29 ގައި ކަމަށެވެ. 

ކާށިދޫގެ ނުވަ މޭލު ބޭރުން އެ ބޯޓު އަޑިއަށް ދިޔައިރު އެމްއެންޑީއެފުން ބުނީ އެ ހަ މީހުން އަދިވެސް ނުފެންނަ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ، އެ ބޯޓު އަޑިޔަށް ދިޔައީ އިންޖީނު ހުއްޓިގެން އަރިއަޅާލައިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. 

އަދި ވައިގެ މަގުން އެމީހުން ހޯދުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް