ads
ފޮޓޯ: ޓްވިޓާ
މަސްވެރިންގެ އަގު ވަޒަން ނުކޮށް ގައުމަށް ކުރިއެރުމެއް ނެތް: ޣައްސާން
މަސްވެރީންގެ އަގު ވަޒަންނުކޮށް މި ޤައުމަކަށް ކުރި އެރުމެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޢައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ އަގު ވަޒަންނުކޮށް މި ގައުމަށް ކުރި އެރުން ލިބެން ނެތް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މެމްބަރު ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަނޑުގެ ސަރަހައްދު ބޮޑު ދިވެހިރާއްޖޭގެ މައި ރޯއްޖަކީ ކަނޑު ރޯދި ކަމަށާއި ދިވެހިންގެ ބަނޑުފުރާނަ މުއްތިކުރުމާ، ފުދުންތެރިކަން ގުޅެނީ ދިވެހި މަސްކަނޑުތަކުގައި މަސްވެރިން ކުރާ ހިންމަތަށް ކަމަށެވެ.

ދިވެހި މަސްވެރިންނަށާއި މަސްވެރިކަމަށް ތިޔާގި އަދި ފާގަތި ކުރިމަގަކަށް އެދި ދުއާކުރާ ކަމަށްވެސް ޣައްސާން ވިދާޅުވެފައިވެ އެވެ.


ސަރުކާރުން މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މަސްވެރިންގެ ގިނަ ޝަކުވާތަކަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މިކަމުގެ އިންތިޒާރުގައި ގިނަ މަސްވެރިން ތިބި ކަމަށް މަސްވެރިންވެސް ގެންދަނީ ބުނަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް