ads
މުޒާހަރާގެ ތެރެއިން--
މުޒާހަރާ ކުރާ ބިދޭސީންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުން ހިނގައިފި
ހުޅުމާލޭގައި ބިދޭސީން މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންތަކެއް މުޒާހަރާކުރަމުން ދަނީ އައިލްސް ރެސިޑެންޓް ކައިރީގަ އެވެ. 

އެ ސަރަހައްދުގައި މިހާރު ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނައިރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެންގަނީ ހަމަނުޖެހުންތަކެއް އެ ސަރަހައްދުގައި ހިނގައިގެން އުޅޭ މަންޒަރެވެ. 

އެގޮތުން ފުލުހުން އެ ސަރަހައްދުގައި ހުރި ބިދޭސީއަކު ގާތު ޕޭމަންޓުން ފޭބުމަށް ބުނާ މަންޒަރު ފެނިގެންދާއިރު އެހެން ބުނާތާ ގާތްގަނޑަކަށް ހައެއްކަ ސިކުންތުގެ ތެރޭގައި ވަނީ އެމީހާ އެތަނުން ގެންގޮސްފަ އެވެ. އަދި އެއާއެކު އެމީހުންގެ މެދުގައި ދެބަސްވެ ފުލުހަކު، ބިދޭސީއަކު ކޮއްޕާލާ މަންޒަރު ފެނެ އެވެ. 

އެ ކަމާއި ގުޅިގެން ފުލުހުން ބުނީ އެ ސަރަަހައްދުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ބައެއް މީހުން ފޮނުވާލާފައިވާ ކަމަށެވެ. އެ މުޒާހަރާއިން މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި މުސާރަ ނުލިބޭތީ މުޒާހަރާކުރަމުންދަނީ ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީންތަކެކެވެ. 

އެކަމަކު އޭގެ ތެރޭގައި އެހެން ކުންފުނިތަކުގެ ބިދޭސީ މުވައްޒަފުން ވެސް އެ މީހުންނާއެކު މުޒާހަރާކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. 

މީގެ ކުރިން ވެސް ފުލުހުންނާއި ސިފައިންގެ ފްލެޓުތަކުގެ މަސައްކަތް ކުރަމުންދާ ބިދޭސީ މުވައްޒަފުން ވަނީ މުސާރަ ނުލިބިގެން، އެ ސައިޓުގައި ތިބެ މުޒާހަރާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް