ads
ނައިފަރު މެންބަރު ޝިޔާމް
ހައިކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކޮށްފައި ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ
ހައިކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކޮށްފައި ނަމަވެސް މަނީ ލޯޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހައިކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކޮށްފައި ނަމަވެސް ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށް މެންބަރު ޝިޔާމް މަޖިލީސް ޖަލްސާގައި މިއަދު ވިދާޅުވިއިރު، ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީއަތުގެ ހަ ވަނަ އަޑު އެހުން އަންނަ ބުދަ ދުވަހު މެންދުރު ހައިކޯޓުގައި ބޭއްވުމަށްވަނީ ތާވަލުކޮށްފައެވެ.

މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ މި ދެންނެވި ހައިކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކޮފައި ނަމަވެސް، އެތަނަށް ފަނޑިޔާރުން ލައިގެން ނަމަވެސް.

މަނީ ލޯޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި މި މައްސަލައާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭނުންވާތީ، ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާ ބައްދަލު ކުރަން އިދިކޮޅު ފަރާތްތަކުން ހުސްވި ހަފުތާތެރޭ ހައިކޯޓަށްވެސް ދިޔައެވެ. އެހެން ނަމަވެސް ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކާއި ބައްދަލެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް