ads
ސާމްޕަލް ނެގުމަށްފަހު ޑިސްއިންފެކްޓް ކުރަނީ--- ފޮޓޯ: ސީއެންއެމް
އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 23 މީހަކު ބައްޔަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 2491 އަށް އަރާފައިވާ ކަމަށެވެ. 

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެއްސަކާއި ހަތް ބަންގްލަދޭޝް މީހެކެވެ. 

އޭގެ އިތުރުން މިއަދު ވަނީ 64 މީހަކު ވެސް ބަލިން ރަނގަޅުވެފަ އެވެ. އެއާއެކު މިހާރު ރާއްޖެއިން ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2113 އަށް އަރާފަ އެވެ. 

ކޮވިޑް-19 ގައި މިއަދު ރާއްޖެއިން ދިވެހި ފިރިހެނަކު މަރުވެފައިވާއިރު އެއާއެކު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ 12 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް