ads
ސަންޖަނާ ސަންގީ--
ދިލް ބެޗާރާގެ ޓްރައިލާއާއެކު ގިނަ ބަޔަކު ފެން ކަޅިވެފައި
ބޮލީވުޑުގެ ތަރި ސުޝާންތު ސިންގް ރާޖުޕުތު މަރުވުމުގެ ކުރިން ކުޅުނު، އެންމެ ފަހު ފިލްމު، ދިލް ބެޗާރާގެ ޓްރައިލާ ނެރެފި އެވެ.

އިއްޔެ ޓްރައިލާ އާންމުކުރިއިރު އޭގައި ފެނިގެންދަނީ ސުޝާންތުގެ އިތުރުން އޭނާއާއެކު ފިލްމީ ދާއިރާއަށް ތައާރަފުވާ، ސަންޖަނާ ސަންގީއަކީ ވެސް ކެންސަރު ބައްޔަށް ފަރުވާ ހޯދާ ދެ މީހުންގެ ގޮތުގަ އެވެ. އެގޮތުން ކެންސަރު ބައްޔާއި ދެކޮޅަށް އެމީހުން ކުރި ހަނގުރާމަ އާއި ދެމީހުންގެ ލޯބި ފިލްމުގައި ދައްކުވައިދޭނެ އެވެ. 

އެ ފިލްމު، ސިނަމާތަކަށް ގޮސް ބަލާލަން ބޭނުންވި ނަމަވެސް ފިލްމު ނެރޭނީ، ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ. އެގޮތުން ސުޝާންތުގެ ސަޕޯޓަރުންނަށްޓަކައި މި ފިލްމު ހިލޭ ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.  

މުކޭޝް ޗަބްރާ ޑައިރެކްޓްކޮށް އެ ފިލްމު ނެރޭނީ އަންނަ މަހުގެ 24 ގަ އެވެ.

އެ ފިލްމުގެ ޓްރައިލާ ބެލުމަށް ފަހު ގިނަ ބަޔަކު އަންނަނީ ސުޝާންތުގެ ހަނދާންތައް އާކުރަމުންނެވެ. އެންމެ ފަހު ފިލްމުގައި އޭނާ ދައްކުވައިދީފައިވާ އެކްޓިންއަށް ވެސް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް