ads
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ރަށްރަށަށް ގޮސްގެން 429 މީހުން ބަލާފައިވާނެ: ކުޅުދުއްފުށީ ހޮސްޕިޓަލް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައުޓްރީޗު ޕްރޮގުރާމުގައި ހަތަރުސަތޭކަ ނަވާވިސް ބަލިމީހުން ބަލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ބުނެފައިވަނީ ކޮވިޑް19އާ ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް އަންނަ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ދަތިކަން ހުރުމާއެކު، ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމުގެ ގޮތުން ހދ އަތޮޅުގެ ސްކޭން އަދި ގައިނީ އައުޓްރީޗު ޕްރޮގުރާމެއް ހިންގާފައިވާނެކަމަށެވެ.   

އޭނާ ބުނީ 18 ދުވަހުގެ ތެރޭގައި ހިންގި އެ ޕްރޮގުރާމުގައި ޖުމްލަ 429 މީހުން ބަލާފައިވާއިރު އަންހެނުންގެ ޑޮކްޓަރަށް 202 މީހުން ދައްކާފައިވާކަމަށެވެ. އަދި އެތެރެހަށީގެ ޑޮކްޓަރަށް 166 މީހުން ދައްކާފައިވާކަމަށާއި ކުޑަކުދިންގެ ޑޮކްޓަރަށް 41 ކުއްޖަކާއި، ހަމުގެ ޑޮކްޓަރަށް 14 މީހުން ދައްކާފައިވާކަމަށް ދާއޫދު ވިދާޅުވި އެވެ. އަދި ނަފްސާނީ ބަލީގައި ހަ މީހުން ޑޮކްޓަރަށް ދެއްކި ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ހދ އަތޮޅުގެ 12 ރަށަށް އަންހެނުންގެ ޑޮކްޓަރު ދަތުރު ކުރިއިރު އިތުރު ސްޕެޝަލިސްޓަކު ކޮންމެ ރަށަކަށް ވެސް ދަތުރު ކޮށްފައި ވާކަމަށާއި އިތުރު ސްޕެޝަލިސްޓް ފޮނުވުމުގައި ބަލާފައި ވާނީ އެ ރަށެއްގެ ރައްޔިތުން އެދިފައިވާ މިންވަރަށް ބެލުމަށްކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން އެޕޮއިންޓްމަންޓް ދޫކުރުމުގައި އެ ރަށެއްގައި މާބަނޑު މީހުން ރަޖިސްޓްރީ ވެފައި ތިބި ނިސްބަތަށް ބަލާފައިވާނެކަމަށް ދާއޫދު ފާހަގަކުރެއްވި އެވެ.

"ކޭއާރުއެޗުގައި ގިނަ ސްޕެޝަލިސްޓުން ތިބުމާއެކު ވަރަށް ގިނައިން އައުޓްރީޗު ޕްރޮގުރާމްތައް ކުރިއަށް ގެންދަން. ކޮވިޑްގެ ހާލަތާ ގުޅިގެން ދަތުރުފަތުރަށް ބޮޑެތި ގޮންޖެހުންތަކެއް އައުމާއި ޑޮކްޓަރަށް ދެއްކުމުގައި ހުރި ދަތިކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ވަރަށް ގިނަ ރަށްރަށަށް އައުޓްރީޗު ޕްރޮގުރާމުގެ ދަތުރުތައް އެޅުނު. އެންމެ ފާހަގަ މި ކޮށްލެވެނީ މާބަނޑު މީހުންނަށް އަމާޒު ކޮށްގެން ހިންގުނު ސްކޭން އަދި ގައިނީ އައުޓްރީޗު ޕްރޮގުރާމްތައް. ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު." 

އޭގެ އިތުރުން އޭނާ ބުނެފައިވަނީ ޕްރޮގުރާމުގައި ކޮންމެ ރަށެއްގައި ވެސް ހަ ދުވަހު ރޭޑިއޮލޮޖިސްޓް ހިދުމަތް ދީފައވާއިރު ފުނަދޫގައި ޖޫން 18 އިން ޖޫން 26 އަށް، ދިއްދޫގައި ޖުލައި ހަތަރަކުން ޖުލައި 10 އަށް ހިދުމަތް ފޯރުކޮށްދީފައިވާނެކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް