ads
އުމަރަކަށް އިދިކޮޅަކުން ޖާގައެއް ނެތް، ހަނދާން ނައްތާލާ: އަބްދުއްރަހީމް
ކުރީގެ ހޯމް މިނިސްޓަރު އަދި އަންނަ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކޮށްފައިވާ އުމަރު ނަސީރަށް އިދިކޮޅު ކޯލިޝަނުން ޖާގައެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ޕްރޮސިކިއުޓާ ޖެނެރަލާއި އެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވަނީ އުމަރު ނަސީރު ސީއެންއެމް ޓީވީ "އިތުރު ކާފު" ޕްރޮގްރާމުގައި ދެއްކި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ޖާގައެއް އުމަރަށް ނެތް ކަމަށެވެ. އަދި ތަބަކަށް ލައިގެން ޕީޕީއެމް ޕީއެންސީ އުމަރުގެ އަތްޕުޅަށް ލައިދޭނެކަމަށް ވިސްނުން ނުބެހެއްޓުމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އުމަރު ނަސީރަށް ހީވަނީތޯ އަޅުގަނޑުމެން ތަބަކަކަށް ލައިގެން އުމަރަށް ޕީޕީއެމް ޕީއެންސީ ދީފާނެއޭ، ހަނދާންނައްތާލާ! އެކަމެއް ނުވާނެ. އުމަރުނަސީރަކަށް ޕީޕީއެމް ޕީއެންސީގެ ޖާގައެއް ނުލިބޭނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރަކީ އަމިއްލަ ފަރުދެއް ކަމަށާއި ސިޔާސީ މައިދާނުގައި އޭނައަކީ އިދިކޮޅު ކޯލިޝަނުން ޖަވާބުދާރީ ވާންޖެހޭ މީހެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އޭނަ އަމިއްލަ ފަރުދެއް އެއީ. މިހެން މަގުމަތީގަ ހިނގާފަ ދާ މީހަކު މީ ސަރުކާރެއް ނޫނެކޭ ބުންޏަސް ނޫނީ މިވެނި އެއްޗެއް ނޫނެކޭ ބުންޏަސް. އަޅުގަނޑުމެން މި ކުރާ މަސައްކަތް މިކުރަނީ މުޅި ލީޑާޝިޕްގައި މަޝްވަރާ ކުރެވިގެން އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކުގެ މަތިން. ސިޔާސީ މައިދާނުގައި އުމަރު ނަސީރަކީ އޭނަ ދައްކާ ވާހަކަތަކަށް އަޅުގަނޑުމެން ޖަވާބުދޭ ވަރުގެ ބޭފުޅެއް ނޫން." އަބްދުއްރަހީމް ވިދާޅުވިއެވެ.

ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގެން އުމަރު ވިދާޅުވީ، އެއްވެސް ސިޔާސީ ލީޑަރެއްގެ ފަހަތުން ދެން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ޕީޕީއެމްއާއެކު ދެން މަސައްކަތްކުރާނީ ޕާޓީގެ ލީޑަރުކަން ހަވާލުކުރުމުންކަމަށާއި އޭނާއަކީ ޔާމިންގެ ސަޕޯޓަރެއް ނޫންކަމަ އުމަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް