ads
އުމަރު ނަސީރު---
ޕީޕީއެމް އާ ގުޅިވަޑައިގަންނަވާނީ ސިޔާސީގޮތުން އެންމެ މަތީ މަގާމު ލިބުމުން: އުމަރު
ރާއްޖޭގެ އެއްވެސް ލީޑަރަކު ފޮލޯ ނުކުރާނެކަމަށާއި ޕީޕީއެމާ ގުޅިވަޑައިގަންނަވާނީ ސިޔާސީ ގޮތުން އެންމެ މަތީ މަގާމު ލިބިވަޑައިގަތުމުން ކަމަށް ޕީޕީމް އުފެދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމް ޓީވީ "އިތުރުކާފު" ޕްރޮގްރާމުގައި ޑރ. މުހައްމަދު ވަހީދާއި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ދަށުން މަސައްކަތް ކުރަން ޕީޕީއެމްއަށް ވަޑައިގެންފާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ އެއްވެސް ލީޑަރެއްގެ ފަހަތައް ނާރާނެކަމަށާއި އޭނާއަކީ ލީޑަރުންގެ ފަހަތުން މަސައްކަތް ކުރާނޭ މީހެއް ނޫންކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީއަކާ ގުޅޭކަމަށްވާ ނަމަ އެ ޕާޓީއެއްގެ ސިޔާސީ އެންމެ އިސް މަގާމް ލިބުމުން ނޫނީ ޕާޓީއަކާ ނުގުޅޭނެކަމަށެވެ.

"އަޅުގަނޑު މިހުރީކީއެއް އެއްވެސް ބޭފުޅެއްގެ ދަށުން މަސައްކަތްކުރާކަށް ނޫން. އަދި ރައީސް ޔާމިނުވެސް ހިމެނޭހެން އިނގޭތޯ. ޔާމިންގެ ލީޑާޝިޕްގެ ފަހަތަށް ނާރާނަން. ގާސީމް އިބްރާހިމްގެ ލީޑާޝިޕްގެ ފަހަތަކަށް ނާރާނަން. އެއްވެސް މީހެއްގެ ލީޑާޝިޕްގެ ފަހަތައް އަޅުގަނޑު ނާރާނަން. އަޅުގަނޑު ފޮލޯ ނުކުރާނެ ދެން އެއްވެސް ލީޑަރެއް. އަޅުގަނޑުވާނީ ލީޑަރަކަށް." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އޭނާއަކީ ޕީޕީއެމްގެ މީހެއްކަމަށްވާއިރު އެޕާޓީ އުފެއްދުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިނާ އެއް ހަމައެއްގައި މަސައްކަތް ކޮށްފައިވާނެކަމަށެވެ. އުމަރު އިތުރަށް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަމުންގެންދަވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާ ކުރިމަތިލައިގެން މަސައްކަތް ކުރައްވަމުން ކަމަށެވެ.

"އަޅުގަނޑު ބަލާލަން ޕީޕީއެމުގެ ދޮރު ހުޅުވޭތޯ. ހުޅުވިއްޖެނަމަ އެ ދޮރުން ވަންނާނަށް. ނުހުޅުވިއްޔާ ދާގޮތަށް ސީދަލަށް ކުރިއަށްދާނީ. އަޅުގަނޑު އޮންނާނެ ސީދާ ރައީސް ޔާމީނަށް ދަންނަވާފައި ޕާޓީގެ އެހެން މަގާމަކަށް ޖެހިވަޑައިގެންފައި ސިޔާސީ އެންމެ މަތީ މަގާމު ހުސްކޮށްލަ ދެއްވާށެ. ހުސްކޮށް ލެއްވިމާ އަޅުގަނޑު އަންނާނަން،" އުމަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އުމަރު ވިދާޅުވީ މިއީ އެހެން ލީޑަރުންގެ ވަގުތެއް ނޫންކަމަށާއި ސިޔާސީ އެންމެ މަތީ ދަންމަރު ހަވާލުކުރަންޖެހޭނީ ޒުވާނުންގެ ލީޑާޝިޕަކާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް