ads
އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުން---
އިދިކޮޅުގެ ތައުރީފް ޕީޖީއަށް
ސަރުކާރުގެ އެހެނިހެން މުއަސަސާތަކާއި ހިލާފަށް މިއަދުގެ ޕީޖީއިން ފެނިގެން ދިޔައީ ޒިންމާދާރު ސިފަތަކެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން ޕްރޮސިކިއުޓާ ޖެނެރަލާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެކޯލިޝަނުގެ ހުރިހާ ކަންބޮޑުވުން ތަކެއް ހިއްސާ ކުރުމަށް ފުރުސަތު ދީފައިވާ ދިނުމަކީ އެއިދާރާގެ ޒިންމާދާރުކަން ދައްކުވާދޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އެހެން މުއަސަސާތަކުން އިދިކޮޅަށް ލިބެމުންދާ އެއްބާރުލުން ކުޑައިރު ޕީޖީގެ ފަރާތުން މިއަދު ފެނިގެން ދިޔައީ ޒިންމާދާރުކަމުގެ ސިފަތަކެއް ކަމުގައި ވިދާޅުވި އެވެ.

ޕީޖީއާއި އެކު ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދެކޮޅަށް ޕީޖީއިން އުފުލަމުންދާ ދައުވާތަކާއި ގުޅޭ ގޮތުންނާއި ސަރުކާރުން ކުރަމުންދާ ބައެއް ކަންކަމާއި ގުޅިގެން، އިދިކޮޅުގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލަ ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަމަށް ބުނާ ރުފިޔާތައް ޖަމާވެފައިވާ އެސްއޯއެފްއާއި ދެކޮޅަށް އެމައްސަލައިގައި ދައުވާ ނުކޮށް އޮތީ ކީއްވެތޯ އިދިކޮޅުން މިއަދު ޕީޖީއާއި ސުވާލުކޮށްފައިވެ އެވެ. އަދި މިސުވާލަށް ޖަވާބު ދެއްވަމުން އެމައްސަލަ މިހާރު ތަހްގީގު ކުރަމުން ދާކަމަށް ޕީޖީއިން ބުނެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޕީޖީގެ ސިސްޓަމަށް ގެނެވިގެން ދިޔަ ބަދަލާއި އެކު ބައެއް ކޭސްތައް އިސްފަސްވެ ލަސްވެގެން ދާކަމަށެވެ. އެހެން ނަމަވެސް 3 ދުވަހުގެ ތެރޭގައި ހުށައެޅިފައިވާ ކޭސްތައް ނިންމާލާނެ ކަމަށް ޕީޖީއިން ވިދާޅުވެފައިވާ ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް