ތިލަފުށީގައި އަލިފާން ރޯވެފައި--
ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ
Share
ކ. ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
Advertisement

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ތިލަފުށީ ފަޔާ ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑިއެފުން ބުނީ "ސެކިއު ބޭގް" ނަމަކަށް ކިޔާ ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 20:24 ގައި ކަމަށެވެ. އަދި ވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. 

އެ ހާދިސާގައި މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ. 

އެ ގުދަނުގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް ވަނީ ދުންތައް މުޅި ސަރަހައްދަށް ފެތުރިފަ އެވެ. 

އަލިފާންގަނޑު ނިއްވުމަށް މިހާރު ފޯމު ވެސް ޖަހަމުން އަންނައިރު އަދިވެސް އަލިފާން ކޮންޓްރޯލް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް