ads
ޕްރިޔަންކާ ޗޯޕްރާ--
މިދިޔަ ދެ މަހު އިންސްޓަގްރާމު މެދުވެރިކޮށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ތަރިންގެ ލިސްޓުގައި ޕްރިޔަންކާ
މިދިޔަ ދެ މަހުގެ ތެރޭގައި އިންސްޓަގްރާމު މެދުވެރިކޮށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ތަރިންގެ ލިސްޓުގައި ބަތަލާ، ޕްރިޔަންކާ ޗޯޕްރާ ހިމެނިއްޖެ އެވެ.

މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ޕްރިޔަންކާ ކުރި ކޮންމެ ސްޕޮންސާޑް ޕޯސްޓަކަށް ވަނީ 140603 ޑޮލަރު ލިބިފަ އެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެފަދަ ހަތް ޕޯސްޓެއް ކޮށްފައި ކަމުން، ގާތްގަނޑަކަށް 984221 ޑޮލަރު އޭނާއަށް ލިބިފައިވެ އެވެ. 

މިއީ މަޝްހޫރު ތަރިން ކަމަށްވާ ޑޭވިޑް ބެކަމް އާއި ކެޓީ ޕެރީ އަދި ދުއާ ލިޕާ އާއި ކްރިސް ހެމްސްވޯތުގެ އިތުރުން ޕައުލް ޕޮގްބާ ފަދަ ތަރިންނަށް އިންސްޓަގްރާމު މެދުވެރިކޮށް ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެކެވެ. 

އެ މުއްދަތުގެ ތެރޭގައި އިންސްޓަގްރާމު މެދުވެރިކޮށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައި ވަނީ ކޮމޭޑިއަން ކެވިން ހާޓެވެ. އޭނާ ވަނީ 3.4 މިލިއަން ޑޮލަރު ހޯދާފަ އެވެ. 

ޕްރިޔަންކާ އެ ލިސްޓުގައި ހިމެނުނުއިރު އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ، ވިރާޓް ކޯލީ ވެސް އެ ލިސްޓުގެ 12 ވަނައިގައި ހިމެނެ އެވެ. 

އުމުރުން މިހާރު 37 އަހަރުގެ ޕްރިޔަންކާ ބޮލީވުޑަށް ނިކުތީ 2003 ވަނަ އަހަރު، ނެރުނު ފިލްމު "ދަ ހީރޯ" އިންނެވެ. ދެހާސް ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު އުފުލާލި ޕްރިޔަންކާއަކީ މިއަދު އެންމެ ބޮޑު އާމްދަނީ ލިބޭ ތަރިންގެ ތެރެއިން ތަރި އެކެވެ. އޭނާ އަންނަނީ މިހާރު ހޮލީވުޑުގައި ވެސް މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް