ads
ޗަޕާކުގެ ބައެއް މަންޒަރުތައް
"ޗަޕާކް"ގެ ޓްރެއިލާ ނެރެފި، ވަރަށް އަސަރުގަދަ!
ދީޕިކާ މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމު، ޗަޕާކުގެ ޓްރެއިލާ ނެރެފިއެވެ.
ދީޕިކާ މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމު، ޗަޕާކުގެ ޓްރެއިލާ މިއަދު ނެރެފި އެވެ.

މިޓްރެއިލާގެ ދިގުމިނަކީ ދެ މިނެޓާއި 19 ސިކުންތެވެ.

ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ގިނަ ބަޔަކު ބުނަނީ މިއީ އަންނަ އަހަރު ނެރޭނެ އެންމެ ކާމިޔާބު ފިލްމަސް ވާނެ ކަމަށެވެ.



"ޗަޕާކް" އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ.

އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްމީވީ، އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެ ހުށަހެޅުން ގަބޫލު ނުކުރުމުންނެވެ.

އާއިލާގެ އެހީތެރިކަމާއެކު އެ ހިތާމަތަކުން ތެދުވެ ލަކްޝްމީ ވަނީ އެސިޑު ހަމަލާގެ ޝިކާރައަކަށްވާ މީހުންނަށް އަމާޒުކޮށް އެންޖީއޯއެއް ހުޅުވާފަ އެވެ.

އަންނަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު މި ފިލްމު ނެރުމަށް ނިންމާފައިވާއިރު މި ފިލްމުގައި ދީޕިކާއާ އެކު ފެނިގެން ދާނީ ވިކްރަންތު މެކްސޭ އެވެ.

ވިކްރަންތު މިފިލްމުގައި ފެނިގެން ދާނީ، ލަކްޝްމީގެ ފިރިމީހާ، އަލޯކް ޑިކްސިތުގެ ރޯލުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް