ads
މެމްބަރު އަބްދުﷲ ޖާބިރު
ކައުންސިލްތައް އުވާލުމަށް ގޮވާލާ ހުށަހެޅި ޤަރާރުގެ ފުރަތަމަ ކިޔުން އިއްވައިފި
ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކާއި ލޯކަލް ގަވާމެންޓް އެތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި ޤަރާރުގެ ފުރަތަމަ ކިޔުން އިއްވައިފި އެވެ.

ޖާބިރު ހުށަހެޅި ޤަރާރުގައި ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ވެފައިވާއިރު ސަރުކާރުން ކުރަންޖެހިފައިވާ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ޤަނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އިދާރީ ދާއިރާތައް ވަގުތުން އުވާލުމަށެވެ.

މީގެ އިތުރުން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތައް އުވާލުމަށް ގޮވާލާފައިވާއިރު އެލްޖީއޭ އުވާލުމަށްވެސް ގަރާރުގައި ގޮވާލާފައިވެ އެވެ. 

މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމުން މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އެ ގަރާރަކީ ޤާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ވިދާޅުވެ އެ ގަރާރު ހުށަނޭޅޭނެ ކަމަށް ވިދާޅުވެފަ އެވެ. 

އެ ނިޒާމީ ނުކުތާ އާއިގުޅިގެން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިސްލާމް ދީނުގެ އަސްލަކާއި ހިލާފުނުވާ މައްސަލައެއް ކަމަށްވާނަމަ އެ ވާހަކައެއް މަޖިލީހުގައި ދެއްކޭނެ ކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ ބަލައިގަތުމާއި ނުގަތުމަކީ މެމްބަރުންގެ އަތުގައި އޮތް ބާރެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް