ads
މަރްޖާން ސެލުކޮސްލީ
މާޒިޔާއިން އަނެއްކާވެސް ދިވެހި ކޯޗެއް ހޯދަނީ
މާޒިޔާއަށް ނިމިދިޔަ ސީޒަންގައި ދިވެހި ލީގު ކާމިޔާބުކޮށްދިން، މެސެޑޯނިއާގެ މަރްޖާން ސެލުކޮސްލީގެ ކޮންޓްރެކްޓް ހަމަވެ އެނބުރި ގައުމަށް ދިޔުމުން އޭނާގެ ބަދަލުގައި ދިވެހި ކޯޗަކު ހޯދުމުގެ މަސައްކަތް މާޒިޔާއިން ފަށައިފިއެވެ.

ދިވެހި ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު، ސެކުލޮސްކީ އެނބުރި ގައުމަށް ދިޔައީ ހުސްވި ހަފުތާ ތެރޭއެވެ. ދިވެހި ލީގު ކާމިޔާބުކޮށްދީ އަދި އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ހޯދައިދީ، މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިދިނުމަށް ފަހު، ސެކުލޮސްކީ އެނބުރި ގައުމަށް ދިޔައީ އޭނާއާ މާޒިޔާއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަކޮށްފައެވެ.

މާޒިޔާއިން ބުނީ އެ ޓީމުގެ ކޯޗު ސެކުލޮވްސްކީގެ ބަދަލުގައި ދިވެހި ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ޓީމަށް އެންމެ އަވަހަށް ކުޅެން އޮތީ މެދު ކަނޑާލާފައިވާ އޭއެފްސީ ކަޕުގެ މެޗުތަކެވެ. އޭއެފްސީ ކަޕުގެ މެޗުތައް އަލުން ފަށަން ތާވަލުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހަށެވެ. އަދި އެއަށް ފަހު އަންނަ ޑިސެމްބަރު މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށޭތޯ އެފްއޭމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސެކުލޮވްސްކީގެ ބަދަލުގައި ދިވެހި ކޯޗަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން މާޒިޔާއަށް ޓޮޕް ޑިވިޝަންގައި ކޯޗުކޮށްދީފައިވަނީ ދިވެހި ދެ ކޯޗުންނެވެ. އެއީ އިސްމާއިލް މަހްފޫޒު އަދި އަލީ ސުޒެއިންއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް