ads
ރައީސް މުހައްމަދު ނަޝީދު--
މެމްބަރުން ކަންބޮޑުވަނީ ރައްޔިތުންގެ ކަންކަމުގައި: ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވަނީ ރައްޔިތުންގެ ކަންކަމުގައި ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި އަންނަނީ މައްޗަންގޮޅި ދެކުނު ދާއިރާ ގެ މެންބަރު އަހްމަދު ހައިތަމް، ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާ ހުއްޓާލުމުގެ ގޮތުން ދައުލަތުން ކުޑަކުދިންނާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމަށް އެދި ގޮވާލައި ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރަމުންނެވެ. އެގޮތުން އެކި މެމްބަރުން ވަނީ ރާއްޖޭގައި ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވެފައިވާ ޖިންސީ ގޯނާއާއި ފުރައްސާރައާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. 

އެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ފަރާތްތަކެއް ދެގޮތެއް ނުވެ އެއްވިސްނުމުގައި ތިބެވިއްޖެ ކަމަށް ވާނަމަ ކުރީގެ ޖީލަށް ދިމާވި ކަންކަން މިހާރުގެ ޖީލަށް ދިމާނުވެ ވާނެގޮތެއް ހޯދައިދިނުމަކީ މެމްބަރުން މަޖިލީހަށް އިންތިހާބު ވެފައިވާ މައިގަނޑު ބޮޑު ސަބަބު ކަމަށެވެ. 

"ބައެއް ބޭފުޅުން ހިތަށް ވަދެދާނެ، އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން ކަންބޮޑުވެ ލައްވަނީ ކޮންޓްރެކްޓެއްގެ ކަމަކާއޭ. ޓެންޑަރެއްގެ ބިޑެއްގެ ކަމަކާއޭ. ނުވަތަ އަދި ފެނާއި ނަރުދަމާ ނިޒާމެއްގެ ކަމަކާއޭ. ނޫން! އަޅުގަނޑުމެން އެންމެނަށްވެސް އިނގޭ އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން ކަންބޮޑުވަނީ އެބޭފުޅުންގެ ރައްޔިތުންގެ ކަންކަމާ. ސީދާ ކައްޓާ، މަހާ، ލެޔާ، ރޫހާ، ހިތާ އަސަރާ ވޭނާ އަޅުގަނޑުމެންގެ ރައްޔިތުނަށް ވަމުންދާ ގޮތްތައް."

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން މި މަޖިލިސް އިންތިހާބުކުރީ ރާއްޖޭގައި އުނދަގޫ މައްސަލަތައް އޮތުމުން އެކަންކަމަށް ހައްލުހޯދުމަށް ކަމަށެވެ. އަދި މެމްބަރުން ސާބިތުކަމާއި އެކު އެ މަސައްކަތް ކުރަމުން ގެންދަވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް