ads
ފޮރިންމިނިސްޓަރު ސާހިދު ، އިންޑިއާ ސަ ފީރާ މަޝްވަރާކުރަނީ
ފަރުވާއަށް އިންޑިއާއަށް ދިއުމަށް އެދެން ޖެހޭނީ ފޮރިން މިނިސްޓްރީގައި
ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށް އިންޑިއާއަށް ދިއުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެދެވޭނެ އިންތިޒާމު ހަމަޖައްސަައިފި އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އިންޑިއާގެ ބޯޑަރުތައް ބަންދުކުރުމާއެކު ރާއްޖެއިން ލިބެން ނެތް ފަރުވާ، ހޯދަން އެންމެ ފުރަތަމަ އިންޑިއާއަށް ދިއުމަށް އެދެން ޖެހުނީ އާސަންދައިގަ އެވެ. ރާއްޖެއިން ފަރުވާ ލިބެން ނެތް ބަލިތަކަށް ފަރުވާ، ހޯދުމަށް މިހާތަނަށް ހުއްދަ ލިބިފައި ވަނީ އިންޑިއާ އިން އެކަންޏެވެ. 

ފޮރިން މިނިސްޓްރީން ބުނީ އާސަންދައާ ނުލައި އިންޑިއާއިން ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް ބޭސްފަރުވާކުރުމަށް އެގައުމަށް ދިޔުމުގެ ފުރުސަތު މިހާރު ހުޅުވާލާއި ހިދުމަތް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓަށް މެއިލް ކުރެމަށް އެދޭ ކަމަށެވެ. އަދި 7983400 ނަންބަރަށް ގުޅުމުން އެކަމާގުޅޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ އެއީ ރާއްޖެއިން ލިބެން ނެތް، "ކްރިޓިކަލް" ފަރުވާ ހޯދާ ފަރާތްތަކަށް ހާއްސަކޮށް އިންޑިއާ ސަރުކާރުން ދިން ފުރުސަތެއް ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުމުގެ އިންތިޒާމު ހަމަޖެއްސި ނަމަވެސް ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދޭ ފަރާތްތަކަށް އެކަނިކަމަށާއި ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ ބޭސްފަރުވާއަށްދާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށެވެ.

އެ ހާއްސަ ހުއްދަ ލިބިފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ ސަރުކާރާއި، މާލޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކަށް ފަހު ކަމަށާއި އެގައުމުގެ ބޯޑަރު ބަންދުކޮށް، އަދި ބައެއް ސަރަހައްދުތައް ލޮކްޑައުންގައި އޮތުމުން އިންޑިއާއަށް މިވަގުތު ދަތުރުނުކުރެވޭތީ، ކްރިޓިކަލް ފަރުވާ ހޯދުމަށް އެގައުމަށް އެތެރެވުމަށް ދިވެހިންނަށް ދިން ހާއްސަ ހުއްދައާ އެކު ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް