ads
މާލޭ ސިޓިގައި މަސައްކަތްކުރާ ސައިޓެއް
ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ސައިޓްތައް ބަލާ ފާސްކުރަނީ
ގަވާއިދާ ހިލާފަށް އެކި މަސައްކަތްކުރާ ސައިޓްތައް ބަލާއި ފާސްކުރަމުން އަންނަކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާރު ޝަމާއު ޝަރީފް ވިދާޅުވީ ގަވައިދާ ހިލާފަށް މަސައްކަތްކުރާ ސައިޓްތަކާއި އާންމުންނަށް އުނދަގޫވެގެން ޝަކުވާ ހުށަހަޅާފައިވާ ގޭގެއަށް ޒިޔާރަތްކޮށް، އެތަން ބަލާއި ފާސްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމްލަ 600 އަށް ވުރެ ގިނަ ސައިޓް ބަލާފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ. 

ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ސައިޓްތައް ބެލުމަށް މާލޭ ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ މި މަސް ނިމެންވާއިރަށް މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަނެއް ބަލައި ފާސްކޮށް ނިންމުން ކަމަށް ޝަމާއު ވިދާޅުވެ އެވެ.

އޭނާ ވިދާޅުވީ އިއްޔެ އިން ފެށިގެން ޖުލައި 12 ވަނަ ދުވަހަށް، އެޗްޕީއޭގެ ގައިޑްލައިންތަކަށް އިތުރަށް ބަލާ އެމަގުން ކަންކަން ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ކައުންސިލުން މި ހަފްތާ ބޭނުން ކުރާނީ ހޭލުންތެރިކުރުމާއި ތައްޔާރީތަކަށް ކަމަށްވެސް ވިދާޅުވި އެވެ.

އެގޮތުން އާންމު ސިއްހަތަށް ރައްކާތެރިވެފައިވާ މިންވަރާއި އެޗްޕީއޭގެ ލަފާގެ މަތިން ކަންކަން ކުރޭތޯ ބަލާނެ ކަމަށާއި ރަނގަޅަށް ކަންކަން ހުންނަ ނަމަ ހާއްސަ ސްޓިކާއެއްވެސް ފެންނަން ހުންނާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް