ads
ފޮޓޯ:އެމްއޭސީއެލް
މިއަދު ޔޫރަޕަށް 36.4 ޓަނުގެ މަސް އެކްސްޕޯޓް ކޮށްފި
މިއަދު ރާއްޖެ އިން ޔޫރަޕަށް 36.4 ޓަނުގެ މަސް އެކްސްޕޯޓް ކޮށްފި ކަމަށް މޯލްޑްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މިއީ އެއް ފްލައިޓެއްގައި އެންމެ ގިނަ އަދަދަކަށް މަސް އެކްސްޕޯޓް ކުރެވުނު ދުވަސް ކަމަށެވެ. 

އެގޮތުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓާކިޝް އެއާލައިންގެ ފްލައިޓެއްގައި 35.3 ޓަނުގެ ފިނިކުރި މަހާއި 1.1 ޓަނުގެ ދިރޭ މަސް އެކްސްޕޯޓް ކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. 

އެމްއޭސީއެލް އިން ބުނެފައި ވަނީ މި މަސް ތަކަކީ ޔޫރަޕުގެ ހަތް ގައުމަކަަށް ގެންދެވޭ މަސް ކަމަށެވެ. 

މީގެ ކުރިން އެންމެ ގިނަ އަދަދެއްގެ މަސް އެއްދުވަހެއް ގައި އެކްސްޕޯޓް ކޮށްފައި ވަނީ ޖޫން 30 ވަނަ ދުވަހު އެވެ. އެ ދުވަހު ޓާކިޝް އެއާލައިންގެ ފްލައިޓެއްގައި 33.4 ޓަނުގެ މަސް ވަނީ އެކްސްޕޯޓް ކޮށްފަ އެވެ. 

ކޮވިޑް-19 ގެ ސަބަބުން ދަތުރުތައް މެދުކަނޑާލުމަށް ފަހު ޓާކިޝް އެއާލައިނުން ވަނީ އޭޕްރިލް މަހު ރާއްޖެ އަށް ކާގޯ ދަތުރުތައް ފަށާފަ އެވެ. 

ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރުން އެޅިފިޔަވަޅު ތަކުގެ ދަށުން ފަސިންޖަރުން އުފުލައިގެން ރާއްޖެއަށް ކުރާ ދަތުރުތައް ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި އެކު ހުއްޓާލާފައި ވީނަމަވެސް ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށާއި ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓު ކުރުމަށް ކާގޯ ފްލައިޓް ތައް ދަނީ ބާއްވަމުންނެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ، ކޮމާޝަލް ފްލައިޓްތައް އަލުން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް