ads
ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ޓެސްޓް ކިޓް ހަދިޔާކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ރާއްޖެއަކީ ރުބެއްލާ ނައްތާލާފައިވާ ގައުމެއް ކަމަށް ކަނޑައަޅައިފި
ދިވެހިރާއްޖެއަކީ ރުބެއްލާ އެއްކޮށް ނައްތާލާފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

އެކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ރާއްޖެއަކީ ރުބެއްލާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅިފައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުންނެވެ. 

އެޗްޕީއޭ އިން ބުނީ އެ ބަލި، މާބަނޑު މީހަކަށް ޖެހިއްޖެނަމަ، އެމީހުންނަށް ލިބޭ ދަރިންގެ ނުކުޅެދުންތެރިކަމުގެ އިތުރުން ތަފާތު އެކި އައިބުތައް ހުރުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. 

މިއަދު ރާއްޖެއަކީ އެބަލި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅިއިރު 2018 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ އެ ބަލި ރާއްޖޭގައި ކޮންޓްރޯލްކުރެވިފައި ވާތީ ހާއްސަ ލިޔުމެއް ވެސް ދީފަ އެވެ. 

ރާއްޖެއިން ރުބެއްލާ ނައްތާލުމަށް އަމާޒު ހިފާފައި ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ކަން ފާހަގަކުރައްވާ އެކަމާއި ގުޅިގެން ޑރ. ނަޒްލާ ރަފީގް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބަލި ނައްތާލެވުމުން އެނގިގެންދަނީ ރާއްޖެއިން އާންމު ސިއްހަތަށް ދޭ އަހައްމިއްޔަތުކަން ކަމަށެވެ.

އެ ބަލި އެއްކޮށް ނައްތާލުމަށްޓަކައި ދުނިޔޭގެ ގައުމުތަކުން މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ ގައުމަކުން ބަލި ނައްތާލާފަ އެވެ. 

ރާއްޖެއިން އަންނަނީ ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް ނައްތާލުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއެކު މަސައްކަތްކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް