ads
ރަންބީރުގެ މަންމަ އާއި އެކު އާލިއާ އާއި ރަންބީރު ގެ ފޮޓޯތަކެއް!
ރަންބީރް ކަޕޫރް އާއި އާލިއާ ބަޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އާންމު ކުރި ހިސާބުން ފެށިގެން ގިނަ އަދަދެއްގެ ސަމާލުކަން އެދެ ތަރިންނަށް ވަނީ ހުއްޓިފަ އެވެ. އަދި އެ ދެތަރިން ކައިވެނިކުރަން އުޅޭ ވާހަކަ އާއި އެކަކު އަނެކަކުގެ އާއިލާ އާ އެކު ވަގުތު ހޭދާ ކުރާ ވާހަކަތައް ސޯޝަލް މީޑިއާގައި ގިނަ އަދަދަކަށް ދައްކަން ފެށުނެވެ.

ރަންބީރުގެ މަންމަ ނީތޫ ކަޕޫރް ވަނީ އާލިއާ އާ އޭނާ ވަރަށް ރުހޭ ކަމަށް އެކި ފަހަރު މަތިން ބުނެފައި ވާއިރު، އާލިއާ އާއި ނީތޫގެ ދެމެދު އޮންނަ ގާތް ގުޅުން އެކި ފަހަރު މަތިން އެ ދެތަރިން ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކޮށްފަ އެވެ. 

އެގޮތުން ނީތޫގެ އުންފަދުވަސް އިއްޔެ ފާހަގަކޮށްފައި ވާއިރު، އާލިއާ އާއި ރަންބީރު ނީތޫ އާއި އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ ހިއްސާ ކޮށްފަ އެވެ. 

ކަޕޫރު ފެމިލީ އާއި އެކު އާލިއާ ރޭގަނޑުގެ ކެއުމަކަށް ގޮސް އުޅުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ވެސް އެފޮޓޯ ތަކުގެ ތެރޭގައި ހިމެނެ އެވެ. އެ ފޮޓޯގައި ރިޝީ ކަޕޫރު ވެސް ފެނިގެންދެ އެވެ. 

your image

އޭގެ އިތުރުން އާލިއާ އާއި ރަންބީރު ނީތޫގެ އިތުރުން އާލިއާ ގެ މަންމަ ސޯނީ ރަޒްދާން އާއި އެކު ނަގާފައިވާ ފޮޓޯ އައްވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. 

your image

މި ފޮޓޯތަކުގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ފޮޓޯ އަކީ އާލިއާ އާއި ރަންބީރު، ރިޝީ އަދި ނީތޫގެ އިތުރުން ރިދިމާ ކަޕޫރާއި އެކު ނަގާފައިވާ ފޮޓޯ އެވެ. މި ފޮޓޯ ނީތޫ ޝެއާ ކޮށްފައި ވާއިރު، އޭނާ ވަނީ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި އާއިލާ އަކީ މުޅި ދުނިޔެ ކަމަށާއި އެތައް ލޯތްބެއް މިފަދަ ވަގުތުކޮޅުތަކުން ފެނިގެންދާ ކަމަށް ލިޔެފަ އެވެ.

your image

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް