ads
މިއަދު އެކަނިވެސް އެމެރިކާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 60000 އަށް
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މިއަދު އެކަނި ވެސް އެމެރިކާ އިން 60000 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެމެރިކާ އިންނެވެ. އެގޮތުން އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2.9 މިލިއަނަށް އަރާފައި ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އެންމެ ފަހުގެ، ކޮވިޑް-19 ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

އެމެރިކާގައި އެންމެ ބޮޑަށް ކޮވިޑް ފެތުރިގެން ދިޔައީ ނިއުޔޯކް ސިޓީގައި ކަމުން، އެ ސިޓީން އެކަނި ވެސް 32243 މީހަކަށް ބަލި ޖެހިފައިވެ އެވެ. 

މިހާތަނަށް އެގައުމުން 131480 އެ ބަލީގައި މަރުވެފައިވާއިރު، 1.6 މިލިއަނަށް ވުރެ ގިނަ ބަޔަކަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ. އަދި ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 15371 މީހުންގެ ހާލަތު ސީރިއަސް ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ދުނިޔެއިން މިހާތަނަށް 11.8 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 6.4 މިލިއަން މީހުން ރަނގަޅު ވެފައިވާއިރު ފަސް ލައްކައަށް ވުރެ މީހުން ވަނީ މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް