ads
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
އަލީ ވަހީދު މަގާމުން އިސްތިއުފާ ދޭން އަންގައިފި
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން، އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހީމް ހޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރު އަލީ ވަހީދުއާ ގުޅިގެން، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހްލާގީ މައްސަލަތަކެއް އެ މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް ސޯލިހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. 

އެހެންވެ، މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވުމަށް ރައީސް އެންގެވިއިރު، މިއީ މި ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވި ފުރަތަމަ ފަހަރެވެ. 

މީގެ ކުރިން، ބައެއް މިނިސްޓަރުންނަށް ނިސްބަތް ކުރައްވާ، މިނިސްޓަރު އަލީ ވަހީދު، ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވި އޯޑިއޯއެއް ލީކުވެ، ގިނަ ބަޔަކު ވަނީ އެ މައްސަލައިގައި ފިޔަވަޅު ނޭޅުމުން ވެސް ނުރުހުން ފާޅުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް