ads
ސާމްޕަލް ނެގުމުގައި ސިއްހީ އެހީތެރިންނާއި ފުލުހުން އަދި ސިފައިން ހަރަކާތްތެރި ވަނީ----- ފޮޓޯ: ސީއެންއެމް
ރާއްޖެއިން އިތުރު 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްުޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ، މިއަދު 11 ދިވެއްސަކާއި ފަސް ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

އެއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 2,517 އަށް އަރާފައިވާއިރު މިހާރު ރާއްޖެއިން ފަރުވާދެމުން އަންނަނީ އޭގެ ތެރެއިން 319 މީހަކަށެވެ.

އޭގެ އިތުރުން މިއަދު އިތުރު 22 މީހަކު ބަލިން ރަނގަޅުވެ، ރާއްޖެއިން އެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2180 އަށް އަރާފަ އެވެ. 

މިއަދު އިތުރު މީހަކު މަރުވެ، ރާއްޖެއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ 13 އަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް