ads
ޝްވެތާގެ އާއިލާ--
އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރުމުން ޝްވެތާ ފިރިހެން ދަރިއަށް ބައްޕައާ ބައްދަލުކުރަން ފުރުސަތުނުދިން!
އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ފުރަތަމަ ބައިގައި ޕްރެނާގެ ރޯލުން މަގްބޫލުކަން ހޯދި، ޝްވެތާ ތިވާރީގެ ފުރަތަމަ ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅު، ޕަލަކް، އަށް އޭނާގެ ދޮން ބައްޕަ އަބިނޭވް ކޯލީ ޖިންސީ ފުރައްސާރަ ކުރިކަމަށް އަޑު އަރާފައިވަނިކޮށް އަބީނޭވްގެ ދަރިއަށް ބައްދަލުކުރަން ފުރުސަތުނުދިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ޕަލަކް އަކީ ޓީވީ އެކްޓަރު އަދި ޕްރޮޑިއުސަރު ރާޖާ ޗައުދަރީގެ ދަރިއެކެވެ. 1998 ވަނަ އަހަރުގެ ޝްވެތާ އާއި ރާޖާ ކައިވެނި ކުރިއިރު އެ ކައިވެނި ރޫޅުނީ 2007 ވަނަ އަހަރެވެ.

އެއާއެކު 2013 ވަނަ އަހަރުގެ ޝްވެތާ ވަނީ އަބިނޭވްއާ ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ވެސް ލިބިފަ އެވެ. 

ދަރިފުޅު، ރޭޔާންޝްއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކުރަމުން އަބީނޭވް ބުނީ، ދަރިފުޅު މަތިން ވަރަށް ހަނދާންވާ ކަމަށެވެ. އެގޮތުން ޝްވެތާ، އޭނާ އާއި އޭނާގެ ދަރި ވަކިކުރިތާ މިހާރު އެއް މަހާއި 23 ދުވަސް ވެފައިވާ ކަމަށް އަބީނޭވް ބުންޏެވެ. 

އަބިނޭވް ބުނި ގޮތުގައި އޭނާ އެންމެ ފަހުން ދަރިފުޅާ ބައްދަލުކުރީ މެއި މަހުގެ 15 ވަނަ ދުވަހެވެ. އެ ދުވަހު ޝްވެތާ ވަނީ ދަރިފުޅާ ބައްދަލުކުރަން ފުރުސަތުދިން ނަމަވެސް މިހާރު ބަހަނާއަކަށް ދައްކަމުން އަންނަނީ ކޮރޯނާ ވައިރަސް ކަމަށާއި އޭރު ވެސް އެ ބަލި ފެތުރުން ކަމަށް އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އަބީނޭވްގެ މައްޗަށް ކުރެވުނީ އޭނާގެ ދޮން ދަރިއަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތެވެ. އެކަމާ ގުޅިގެން ޝްވެތާގެ ދޮށީ ދަރި، ޕަލަކް ބުނީ ނުބައި ގޮތަކަށް އޭނާ އަތް ނުލާއި ކަމަށާއި އެކަމަކު ވަރަށް އެއްޗެހި ކިޔާއި ކަމަށެވެ. 

ޕަލަކްގެ ޝައުގުވެރިކަން ވެސް ހުރީ މަންމައާ އެއްގޮތަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށެވެ. އެގޮތުން ދާދި ފަހުން އިސްތިހާރަކުން ފެނިގެން ދިޔަ ޕަލަކް ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފުވާނެ ކަމަށް ވެއެވެ.

ޝްވެތާ ވަނީ ކަލާސް ޓީވީ އިން ދައްކަމުން އަންނަ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ހަތަރު ވަނަ ސީޒަން ކާމިޔާބުކޮށްފަ އެވެ. އޭނާއަކީ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ތަރިއެއް ވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް