ads
އިންމަ، ފެސްކޯ، މޯހަން އަދި ނިޒާމްބެ
މާޒިޔާއިން ދެން ފެންނާނީ ކާކު؟
ނިމިދިޔަ ސީޒަންގައި މާޒިޔާއަށް ކޯޗުކޮށްދިން މެސެޑޯނިއާގެ މަރްޖާން ސެލުކޮސްލީގެ ކޮންޓްރެކްޓް ހަމަވެ އެނބުރި ގައުމަށް ދިޔުމުން އޭނާގެ ބަދަލުގައި ދިވެހި ކޯޗަކު ހޯދުމުގެ މަސައްކަތް މާޒިޔާއިން ކުރަމުން އަންނަ ކަމަށް އެ ކްލަބުން ބުންޏެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މާޒިޔާއިން އެ ޓީމަށް ގެންނާނެ ކޯޗެއްގެ ކަންތައް ނިންމާނެއެވެ.

ދިވެހި ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ދެ ތިން މީހަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް އެ ކްލަބުން ބުންޏެވެ. އެހެންނަމަވެސް އެއީ ކޮން ކޯޗުންނެއްކަން އަދި ހާމަ ނުކުރެއެވެ. ވާހަކަ ދައްކަމުން އަންނަ ކޯޗުންވެސް އަދި އެކަން ބާއްވަން ބޭނުންވަނީ ސިއްރެއްގެ ގޮތުގައެވެ. އެހެންނަމަވެސް މި ބަލާލަނީ މާޒިޔާއަށް އައުމުގެ ފުރުސަތު އޮތް ބައެއް ކޯޗުންނަށެވެ.

އިސްމާއިލް މަހްފޫޒް- އިންމަ

މާޒިޔާ ފުރަތަމަ ޑިވިޝަނަށް އައުމާ އެކު އެ ޓީމާ ހަވާލުވި އިސްމާއިލް މަހަފޫޒް (އިންމަ) އަކީ މާޒިޔާއާއި އެކު އެންމެ ގިނަ ދުވަސް ހޭދަކުރި ކޯޗެވެ. މާޒިޔާއަށް ތަށްޓެއްވެސް ހޯދާދީފައިވާ އިންމައަކީ މާޒިޔާ އެންމެ ރަނގަޅަށް އެނގޭނެ އެކަކެވެ. ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް ކޮށްފައިވާ އިންމަ މިދިޔަ ސީޒަންގައި ހުރީ ދަ ގްރާންޑޭގެ ކޯޗުކަމުގެ މަގާމުގައެވެ.

މާޒިޔާއާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ އިންމައަކީ މާޒިޔާއިން އަނެއްކާވެސް ފެނުމުގެ ފުރުސަތު އޮތް ކޯޗެކެވެ. އިންމަ، މާޒިޔާއާ ހަވާލު ވެއްޖެ ނަމަ އެ ވެގެންދާނީ އިންމަ މާޒިޔާއާ ހަވާލުވާ ތިން ވަނަ ފަހަރަށެވެ.

މުހައްމަދު ނިޒާމް – ނިޒާމްބެ

ޓީސީއަށް ދިވެހި ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ނިޒާމްބެ އެ ޓީމުން ވަކިވެ ފުރަތަމަ ހަވާލުވީ 16 އަހަރުން ދަށުގެ ގައުމީ ޓީމާއެވެ. އެހެންނަމަވެސް ބަންގްލަދޭޝްގެ ޓީމަކުން ލިބުނު ފުރުސަތެއްގައި ނިޒާމްބެ ދިޔައީ އެ ގައުމަށެވެ. ކަން ދިމާވި ގޮތުން ބަންގްލަދޭޝްގެ ޑީލް އެންމެ ރަނގަޅަށް ކުރިއަށް ނުދިޔައެވެ.

މާޒިޔާގައި ތިބި ކުޅުންތެރިންނަށް ބަލާއިރު ނިޒާމްބެގެ އިރުޝާދުގެ ދަށުން ކުޅެފައިވާ އެތައް ކުޅުންތެރިންނެއް މާޒިޔާގައި ތިބުމުން މާޒިޔާގެ ކޯޗުކަމަށް ނިޒާމްބެ އައުމުގެ ފުރުސަތު އެބައޮތެވެ. މިވަގުތު ހުސްކޮށް ހުރުމާއި އެކު މި ފުރުސަތު އިތުރަށް ބޮޑު ކަމަށްވެސް ދެންނެވިދާނެއެވެ. މާޒިޔާއަކުންވެސް ނިޒާމްބެވެސް އަދި މިވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.

މުހައްމަދު ސިޔާޒް – މޯހަން

މާޒިޔާއިން މީގެ ކުރިންވެސް މޯހަންއާ ވާހަކަ ދެއްކި ކަމަށް މައުލޫމާތު ލިބެއެވެ. ދާދި ފަހުން އޭއެފްސީ ޕްރޯ ލައިސެންސް ހާސިލުކުރި މޯހަންއަކީ ނިމުނު ސީޒަންގައި މާޒިޔާއަށް އެންމެ އުނދަގޫ ކުރި ކޯޗުވެސް މެއެވެ. ލީގުގެ ތިން ބުރު ކުޅުނު އިރު މާޒިޔާއަށް ބަލި ނުކުރެވޭ ހަމަ އެކަނި ޓީމަކީވެސް މޯހަން ކޯޗުކޮށްދިން އީގަލްސްއެވެ.

އޭއެފްސީ ކަޕުގެ ބާކީ ބަޔާއި އަންނަ އަހަރުގެ އޭއެފްސީ ކަޕުވެސް އޮތުމާއި އެކު، މޯހަންއަކީ މާޒިޔާގެ ބެންޗުން ފެނުމުގެ ފުރުސަތު ބޮޑު ކޯޗެކޭ ދެންނެވިދާނެއެވެ. އަނެއްކޮޅުން، އީގަލްސްއަށް އޭއެފްސީ ކަޕުގެ ޕްލޭ އޮފުން ފުރުސަތު ހޯދައިދިނުމަށް ފަހު އެ ފުރުސަތުގައި އީގަލްސްގައި މަޑުނުކޮށް އެހެން ޓީމަކަށް ގޮސްދާނެ ތޯ މިއީ ޖަވާބު އަދި ނުލިބި އޮތް ސުވާލެކެވެ.

އަހްމަދު މުޖްތަބާ – ފެސްކޯ

މާކެޓްގައި ހުސްކޮށް ތިބި އޭއެފްސީ އޭ ލައިސެންސް ކޯޗުންގެ ތެރޭއިން ފެސްކޯއަކީވެސް ނަމެކެވެ. އެންމެ ފަހުން ކޯޗުކޮށްދިނީ ނިލަންދޫ ފުޓްބޯޅަ ކްލަބަށެވެ. އެކިއެކި ސަބަބުތަކާއި ހުރެ އެ ކްލަބަށް އަދި އެއްވަނަ ޑިވިޝަންގައި މާ ބޮޑު ކާމިޔާބެއް ހޯދިފައި ނެތް ނަމަވެސް، އޭއެފްސީ ކަޕުގެ ތަޖުރިބާއާއި އެކު ފެސްކޯއަކީވެސް ފުރުސަތު އޮތް ކޯޗެކެވެ.

މި ރިޕޯޓުގައި ފާހަގަ ކުރި ހަތަރު ކޯޗުގެ އިތުރުންވެސް ރަނގަޅު ދިވެހި ކޯޗުން އެބަތިއްބެވެ. މި ލިސްޓުގައި މާޒިޔާގެ ކުރީގެ ކޯޗު ސުޒެއިންގެ ނަން ނުހިމެނޭ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރުމުންނެވެ. ސުޒެއިންގެ ކޮއްކޮ ނަޒީހް، ސަމްޕަތު، ޝާކިއްޓެ ފަދަ ކޯޗުންނަކީވެސް ފުރުސަތު ލިބި ތަޖުރިބާތަކެއް ލިބުމުން ރަނގަޅު ނަތީޖާ ނެރޭނެ ކޯޗުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް