ads
ފޮޓޯ:ސަން އޮންލައިން
ޖޭޕީގެ ރައީސްގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް ކުއްލި މައްސަލައެއް
ޖުމްހޫރީ ޕާޓީގެ ރައިސް އަލީ ވަހީދު އެމަގާމުން ވަކި ކުރުމަށް ކުއްލި މައްސަލައެއް އެ ޕާޓީގެ ކައުންސިލަށް ހުށަހަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދިނުމަށް އަލީ ވަހީދަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވިކަން ރައީސްގެ ތަރުޖަމާން ހާމަކުރައްވާފައިވަނީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. އެގޮތުން މިނިސްޓަރު އަލީ ވަހީދުއާ ގުޅިގެން، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހްލާގީ މައްސަލަތަކެއް އެ މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް ސޯލިހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ތަރުޖަމާންގެ ޓްވީޓްގައި ވެއެވެ. 

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭޕީގެ ކައުންސިލް މެމްބަރަކު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ އަލީ ވަހީދު ޖޭޕީގެ ރައީސް ކަމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނުފެތޯ ވޯޓަށް އެހުމަށެވެ. 

އެގޮތުން ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކައުންސިލް މެމްބަރު އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ގުޅޭގޮތުން އަހްލާގީ މިންގަޑުންބޭރުވެ ބޭއަދަބީބަސްތައް ބޭނުންކޮށް ފުރައްސަރަކޮށްފައިވާ އޯޑިއޯތަކެއް ލީކުވެ އެ މައްސަލައަށް ފިޔަވަޅު އެޅިފައި ނުވަނިކޮށް ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތު އަލީ ވަހީދަށް ކޮށް މަގާމުން އިސްތިއުފާ ދިނުމަށް ރައީސް އަންގަވާ އޭނާ މަގުން އިސްތިއުފާ ދީފައިވާކަމަށެވެ.

އެހެން ކަމުން އެކަމަކީ ޖޭޕީގެ މަގްސަދުތަކާއި ހިލާފު ކަމަކަށް ވެފައި އަދި އަލީ ވަހީދުގެ މައްސަލަތައް ޖެންޑާ މިނިސްޓްރީއާއި ފުލުހުންނަށް ހުށަހެޅިފައި ވުމުން އަލީ ވަހީދު މަގާމުން ވަކިކުރުމަށް ފެނޭތޯ ކުއްލި މައްސަލައެއް ހުށަހަޅާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް