ads
އެޗްޑީސީ ހިންގަނީ ސޯޝަލް ހައުސިން ކޮންސެޕްޓަކަށް ނޫން: ބޮންޑޭ
ވިޔަފާރި ކުރާގޮތަށް ކަންކަން ކުރާ ރިޔަލިސްޓޭޓް ކުންފުންޏެއްގެ ދަށުގައި މުޅި ރާއްޖޭގެ ރައްޔިތުން ދަށުލަން ނުވާނެކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ސީއެންއެމް "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ އެޗްޑީސީން ހުޅުމާލެ ހިއްކާފައިވަނީ ރައްޔިތުނަށް ބޯހިޔާ ވަހިކަން ހައްލުކުރުމަށް ކަމަށެވެ. ނަަމަވެސް ފެނިގެން ދަނީ އެކުންފުނިން ހިއްކި ބިން ދަރަނި އަދާކުރުމަށް ވިއްކާލާތަން ކަމަށާއި އެހެންކަމުން ވިޔަފާރި ކުރާގޮތަށް ކަންކަން ކުރާ ރިޔަލިސްޓޭޓް ކުންފުންޏެއްގެ ދަށުގައި މުޅި ރާއްޖޭގެ ރައްޔިތުން ދަށުލަން ނުވާނެކަމަށް ބޮންޑޭ ވާހަކައިގަ ވިދާޅުވި އެވެ.

"ކުންފުނިތައް ހިގަންޖެހޭނީ ކުންފުނި އުސޫލުންނޭ. ކުންފުންޏަކުން އައިސް ރައްޔިތުންގެ ބިންތަކަކާ، ހުޅުމާލެ ހިއްކީ ރައްޔިތުންނަށް ގޯތި ގެދޮރު ދޭން. ބޯހިޔާ ވަހިކަން ފޯރުކޮށްދޭން. އެކަމަކު ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބިން ރަހުނުކޮށްފަ އެ ދަރަނި ދައްކަން ހިއްކި ބިން އަނެއްކަ މި ވިއްކާލަނީ. އެ ބަދަލު ވެގެން ދަނީ ވިޔަފާރި ކުންފުންޏަކަށް." ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްޑީސީން ބޭނުން ކުރަން ނުޖެހޭ ބާރުތައް ބޭނުންކުރަމުން އަންނަކަމަށާއި ކުންފުނި ހިންގާ ކޯޕަރޭޓް ގަވަނަސް އުސޫލުން އަމަލުކުރުން މުހިންމުކަމަށެވެ. އެގޮތުން ހުޅުމާލެއަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށްވާއިރު ވަކި ރަޖިސްޓްރީއެއް ހަދައިގެން ބޭރު ބެންކްތަކުގައި ރަހުނުކުރުމުން މައްސަލައެއް ދިމާވުމުން ބޭރު ކުންފުނިން އެޗްޑީސީއާ ހަވާލުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ބޮންޑޭ ވިދާޅުވީ ސޯސަލް ހައުސިން ކޮންސެމްޕްޓެއް ނެތްކަމަށާއި އޮތީ ވިޔަފާރި ކޮންސެމްޕްޓެއްކަމަށެވެ. އެހެންކަމުން އެޗްޑީސީ އޭގެ މަގްސަދުގައި މަސައްކަތް ނުކުރާނަމަ ޖެހޭނީ ކުންފުނި އުވާލަން ނުވަތަ ކުންފުނި އަލުން ރިފޯމް ކުރަންކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް