ads
އަލީ ވަހީދު ވަކިކޮށް، ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ފައްޔާޒަށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރި އަލީ ވަހީދު އެމަގާމުން ވަކި ކޮށްފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، މިނިސްޓަރު އަލީ ވަހީދަށް އިސްތިއުފާ ދިނުމަށް އެންގުމުން އެ މަގާމުން އިސްތިއުފާ ދީފައިނުވާތީ ރައިސް ސޯލިހް މިއަދު، އަލީ ވަހީދު އެމަގާމުން ވަކިކޮށްފައިވާ ކަމަށެވެ. 

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ހަވާލުކޮށްފައިވާކަމަށެވެ.

އަލީ ވަހީދަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ރައީސް ސޯލިހް އަންގަވާފައިވަނީ ރޭގެ ވަގުތެއްގައެވެ. 

އަލީ ވަހީދު މަގާމުން ވަކިކޮށްފައިވަނީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހްލާގީ މައްސަލަތަކެއް އެ މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް