ads
އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ --
މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގައި ހުކުރު ނަމާދު ކުރާގޮތަށް ހަމަޖައްސައިފި
މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާއިން ފެށިގެން ހުކުރު ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ނިންމާފައިވާ ކަމަށެވެ. 

މާލޭ ސަރަހައްދުގައި ހުކުރު ނަމާދު ކުރަން މި ފަށަނީ ތިން މަހަށް ފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށް ފަހު އަލުން ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. އެެހެން ނަމަވެސް މިދިޔަ ހަފްތާގެ ހުކުރު ނަމާދު ޖަމާއަތުގައި ނަމާދު ކޮށްފައެއް ނުވެއެވެ. 

އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފްތާގެ ހުކުރު ނަމާދު މާލޭގެ ސަރަހައްދުގައި ނުކުރުމަށް ނިންމާފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެފައިވެއެވެ.

މާދަމާ ހުކުރު ނަމާދު ކުރުމަށް މިނިސްޓްރީން ހުއްދަ ދީފައި ވާއިރު ހަތް މިނެޓަށް ވުރެ ނަމާދު ދިގު ނުކުރުމަށް ވަނީ އަންގާފަ އެވެ. އަދި މިސްކިތްތަކުގައި މަަޑު ކުރުމާއި އަތް ޖޯޑުކޮށް ސަލާމް ކުރުމާއި މިސްކިތްތަކުގައި ހުންނަ ފޮތްތައް ނުކިޔުމަށް ވަނީ އަންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް