ads
ޕްރޮސިކިއުޓާ ޖެނަރަލް އޮޮފީސް
ޕީޖީ އޮފީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ، ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައި ވާކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕިޖީ އޮފީހުން ބުނިގޮގައި އެ ތަނުގެ މުވައްޒަފަކު ކޮވިޑަށް ޕްޒިޓިވްމުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި އެކު މިއަދުން ފެށިގެން ޕީޖީ އޮފީހުގެ ހުރިހާ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ނިންމާ މިހާރުވަނީ އެކަން މުވައްޒަފުންނަށް އަންގާފައެވެ.

އެ އިދާރާގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުން އޮފީސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވެއެވެ. 

މީގެ އިތުރުން މި ހަފްތާގައި އޮފީހުގައި މަސައްކަތްކުރި މުވައްޒަފަކަށް ވެސް މިއަދުން ފެށިގެން ގޭގައި މަސައްކަތް ކުރުމަށް ވަކިން އެންގިފައި ވާނެ ކަމަށް އެއިދާރާއިން ފާހަގަކޮށްފައިވެއެވެ.

މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިމަހުގެ ނުވަތަ ދުވަހާ ހަމައަށް ގޭގައި މަސައްކަތްކުރި މުވައްޒަފުން، 12 ޖުލައި 2020 ދުވަހުން ފެށިގެން އޮފީހުގައި މަސައްކަތްކުރަން ނިކުންނަ ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އެކަށައަޅާފައިވާ އުސޫލުތަކާއެއްގޮތަށް މެދުކެނޑުމެއްނެތި އޮފީހުގެ މައްސަކަތްތައް ކުރިއަށް ގެންދާނެ ކަމަށާއި އެޗްޕީއޭއިން ނެރިފައިވާ ގައިޑްލައިންތަކާއި އެކު ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެއިން އިއްޔެ ބައްޔަށް އިތުރު 16 މީހަކު ޕޮޒިޓިވްވެފައި ވާއިރު މިބަލީގައި މިހާރު 319 މީހަކަށް މިހާރު އަންނަނީ ފަރުވާ ދެވެމުންނެވެ. މިއަދަކީ ރާއްޖެއިން މި ބަލި ފެނުނުތާ 124 ވަނަ ދުވަސް ކަމަށް ވާއިރު ރާއްޖެއިން މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މި ވަނީ 2517 މީހަކަށެވެ. މި ބަލީގައި އިއްޔަ 70 އަހަރުގެ މީހެއް ނިޔާވެ މަރުވި މީހުންގެ އަދަު ވަނީ 13 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް