ads
މިއަދު ތާވަލު ކުރި އަދީބުގެ އަޑުއެހުންތައް ކެންސަލް ކޮށްފި
މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ އަޑުއެހުންތައް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު 01:00 އަށް ތާވަލު ކޮށްފައިވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އެކެވެ. 

ކްރިމިނަލް ކޯޓުން ބުނެފައިވަނީ މިއަދުގެ އަޑުއެހުންތައް ކެންސަލް ކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް މިއަދު މެންދުރު 12:00 އިން ފެށިގެން ޑިސްއިންފެކްޓް ކުރުމަށް ހަމަޖެހިފައިވާތީ ކަމަށެވެ. އަދި މި މައްސަލައަކީ ގިނަ އަަދަދެއްގެ ލިޔެކިޔުން ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ އެ އޮފީހުގެ ވަކީލުންގެ ޓީމް އޮފީހަށް ހާޒިރުވެގެން މެނުވީ މައްސަލައިގެ އަޑު އެހުން ކުރިއަށް ގެންދިއުމަށް ދަތިކަމަށް އެ އޮފީހުން މައުލޫމާތު ދިފައިވާތީ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ މައްޗަށް މިހާރު ހުށަހަޅާފައިވަނީ ހަތް ދައުވާއެކެވެ. އެހެން ނަމަވެސް އޭގެން އެއްވެސް މައްސަލައެއްގެ ޝަރިއަތެއް އަދި ބާއްވާފައެއް ނުވެއެވެ. އަދީބުގެ މައްޗަށް މިހާރު ކޮށްފައިވާ ދައުވާ އަކީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުން ގުޅިގެން ހިންގި ތަހުގީގުތަކަށް ފަހު ކޮށްފައިވާ ދައުވާއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް