ads
ރަށަކަށް އުދައަރާފައި-- ފޮޓޯ: ވީނިއުސް
އުދައަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ އިދާރާއިން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައި ވަނީ 14:00 އިން 18:00 އަށެވެ. 

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް ވައިޓް އެލާޓް ނެރެފައިވާއިރު މިދިޔަ ހަފުތާއިން ފެށިގެން މޫސުން ގޯސްވެ، ގިނަ ރަށްތަކަކަށް އަންނަނީ އުދަ އަރަމުންނެވެ. އެގޮތުން އާދަޔާއި ހިލާފަށް ބައެއް ރަށްރަށަށް އުދަ އަރާއި ބޮޑު ގެއްލުމެއް ވެސް އޭގެ ތެރެއިން ބައެއް ރަށްރަށަށް ލިބިފައިވެ އެވެ. 

މެޓުން ބުނީ، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެ އެވެ. 

މެޓު އޮފީހުން އިތުރަށް ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް