ads
ފިނޭންސް މިނިސްޓްރީ
ތިން ބިޑް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފި
ތިން ބިޑް ހުށަހަޅަން ނުޖެހޭ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ތިން ބިޑް ހުށަހަޅަން ނުޖެހޭ ގޮތަށް މިހާރު އިސްލާހު ގެނެސްފައިވާއިރު ފިނޭންސް މިނިސްޓްރީން ބުނީ އެ ގެނައި އިސްލާހާއެކު އެންމެ ބިޑެއް ހުށަހަޅައިގެން ވެސް ބިޑް ކާމިޔާބު ކުރެވޭނެ ކަމަށެވެ. 

މިނިސްޓްރީން ބުނީ އެގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްފައި ވަނީ ބިޑިން ޕްރޮސެސް މިހާރަށް ވުރެ އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.

ކުރިން ތިން ބިޑް ހުށަހަޅަން ޖެހޭ ގޮތަށް އޮތުމުން ކުދި ޕްރޮޖެކްޓްތައް ލަސްވާ ކަމަށާއި އެކަމަކު މިހާރު މި ގެނައި އިސްލާހާއެކު، އެންމެ ބިޑެއް ހުށަހެޅި ނަމަވެސް އެ ޝަރުތު ހަމަވެ، އެކަށީގެންވާ، އަގެއްނަމަ ކާމިޔާބު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.  

މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން ކޮންމެ ރަށެއްގެ އޮފީހެއްގައި ވެސް ބިޑް ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. 

އޭގެ އިތުރުން، ފަސް މިލިއަން ރުފިޔާއަށް ވުރެ ދަށް އަގުތަކުގެ މަޝްރޫއުތައް ޓެންޑާ ބޯޑަށް ހުށަނާޅާއި ވެސް ކުރިއަށް ގެންދެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް