ads
ވިސާމް--
4000 އަށް ވުރެ ގިނަ ކުންފުނި އުވާލަނީ
ހަތަރު ހާހަށް ވުރެ ގިނަ ކުންފުނި އުވާލަން ނިންމައި، އެކަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކުންފުނި އުވާލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު، 4924 ކުންފުނި އުވާލަން ނިންމާފައިވާ ކަމަށެވެ. 

އުވާލަން ނިންމާފައިވާ އެ ކުންފުނިތަކުގެ ލިސްޓު ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އެ ކުންފުނިތައް އުވާލަން ނިންމާފައި ވަނީ ކީއްވެގެންކަން އިއުލާނުގައި ނެތް ނަމަވެސް މީގެ ކުރިން ވެސް އަހަރީ ފީ ނުދައްކައިގެން ގިނަ ކުންފުނިތަކެއް އުވާލާފައި އެބަ ހުއްޓެވެ. 

ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގާތީ ވެސް ބައެއް ކުންފުނިތައް އުވާލަން މީގެ ކުރިން ވެސް އިއުލާންކޮށްފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި މިނިސްޓްރީން ބުނި ގޮތުގައި އުވާލަން ޖެހޭ 7،000 އަށް ވުރެ ގިނަ ކުންފުނި އެބަ ހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް