ads
މިޝެލް އޮބާމާއާއެކު އެއް ޕެނަލެއްގައި ޕްރިޔަންކާ!
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން، މިޝެލް އޮބާމާ، ބައިވެރިވެވަޑައިގަންނަވާ، ޕެނަލެއްގައި ބައިވެރިވުމުގެ ފުރުސަތު ޕްރިޔަންކާ ޗޯޕްރާއަށް ލިބިއްޖެ އެވެ.

ޖިންސީ ހަމަހަމަކާއި ގުޅިގެން ބާއްވާ، ސަމިޓެއްގައި ބައިވެރިވާން ޕްރިޔަންކާއަށް ފުރުސަތު ލިބިފައިވާކަން ހަމަކޮށް އޭނާ ބުނީ، ޖުލައި 13 އިން 15 ވަނަ ދުވަހަށް ކުރިއަށް ގެންދާ އެ ޕެނަލް ޑިސްކަޝަންގައި އޭނާ ބައިވެރިވާނެ ކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ގައުމަކަށް ނިސްބަތް ވިޔަސް، އަންހެން ކުދިންނަށް ވެސް ލީޑަރުންނަށް ވެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. 

މިޝެލްގެ އިތުރުން މެގަން މާކަލް ވެސް، އެ ޑިސްކެޝަންގައި ބައިވެރިވެ އެެވެ. 

ބޮލީވުޑުގައި ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ޕްރިޔަންކާ، ހޮލީވުޑުގައި ވެސް މަސައްކަތް ކުރަމުން އަންނައިރު އޭނާ އަންނަނީ ޔުނިސެފާއި ގުޅިގެން ކުޑަކުދިންގެ ހައްގުތަކަށް ވެސް މަސައްކަތް ކުރަމުންނެވެ. 

އުމުރުން މިހާރު 37 އަހަރުގެ ޕްރިޔަންކާ ބޮލީވުޑަށް ނިކުތީ 2003 ވަނަ އަހަރު، ނެރުނު ފިލްމު "ދަ ހީރޯ" އިންނެވެ. ދެހާސް ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު އުފުލާލި ޕްރިޔަންކާއަކީ މިއަދު އެންމެ ބޮޑު އާމްދަނީ ލިބޭ ތަރިންގެ ތެރެއިން ތަރި އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް