ads
ބިދޭސީންގެ ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި 36 މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާ މީހެއް ކަމަށެވެ. 

ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 14 މީހުންނަކީ އިންޑެޕެންޑެންޓް ކޭސްތަކެވެ. 

އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 47 މީހަކު ބަލިން ރަނގަޅުވެ، އެ ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވެސް 2227 އަށް އަރާފައިވާ ކަމަށެވެ. 

އިއްޔެ، ރާއްޖެއިން ޕޮޒިޓިވްވީ އެންމެ 16 މީހުންނެވެ. އެކަމަކު އަނެއްކާ ވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު މިހާރު ފަރުވާ ދެމުން އަންނަނީ 306 މީހަކަށެވެ.

މިހާރު ރާއްޖެއިން ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 11 މީހަކަށް ފަރުވާދެމުން އަންނައިރު ޑީއެޗް 11 ގައި ފަރުވާދެމުންދަނީ އެންމެ މީހަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް