ads
އައިޖީއެމްއެޗް----- ފޮޓޯ: ސީއެންއެމް
އައިޖީއެމްއެޗުގެ އިތުރު ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އިތުރު ނަރުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިރޭ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އައިޖީއެމްއެޗުން އިތުރު އެއް ނަރުހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

މީގެ ކުރިން ވެސް އައިޖީއެމްއެޗުގެ އައިސީޔޫ ތެރެއިން ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭގެ ފަހުން ވަނީ އެތަނުގެ ހަތަރު ޕޭޝަންޓަކާއި ފަސް ނަރުހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި އައިޖީއެމްއެޗުގެ ތެރެއިން ބަލި މީހެއްގެ އާއިލާ މީހެއްގެ އިތުރުން ވެސް އިތުރު މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. 

އައިޖީއެމްްއެޗުގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލުގެ މުވައްޒަފަކަށް ވެސް ކޮވިޑް ޖެހިފައިވެ އެވެ. އެގޮތުން އެމީހާއާ ކޮންޓެކްޓްވި އިތުރު މުވައްޒަފަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް