ads
ޑރ. އަފްޒަލް
ލުއި ދިނުމުން މިއީ ނިއުނޯމަލްކަން ހަނދާންނެތިއްޖެ: ޑރ. އަފްޒަލް
ލޮކްޑައުންއަކަށް ދިން ލުއިތަކާއެކު މިއީ ނިއު ނޯމަލްކަން ގިނަ ބަޔަކު ހަނދާން ނައްތާލާފައިވާ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ލުއިދިނުމާއެކު އާންމުންގެ ހަރަކާތްތަކުން ފެނިގެންދަނީ އިހުގެ ދިރިއުޅުމުގެ ތެރެއަށް ދިޔަ މަންޒަރު ކަމަށެވެ. 

ޑރ. އަފްޒަލް ވިދާޅުވީ، ކޮންޓެކްޓްވާ މީހުންގެ އިތުރުން ވެސް މިހާރު ވަރަށް ބޮޑު ތަނުން އިތުރުވެފައިވާ ކަމަށާއި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. 

ޑރ. އަފްޒަލް ވަނީ ފުލްކޮށް ލުއިދީފައި އޮތްނަމަވެސް އަދިވެސް ބޭރަށް ނިކުން ރަނގަޅީ ޒަރޫރީ ބޭނުމެއްގައި ކަމަށާއި އެގޮތުން ބޭރަށް ނިކުންނައިރު ވެސް މާސްކް އެޅުން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ. 

އަދި ބައެއް މީހުން މާސްކް ނާޅާއި މިހާރު ބޭރުގައި އުޅެމުންއަންނަކަން ފާހަގަކުރައްވާ ވިދާޅުވީ، ހާއްސަކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި އުޅޭއިރާއި ކިއުތަކަށް އަރާއިރު މާސްކް އެޅުން ވަރަށް މުހިއްމުކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް