13070
CONFIRMED

DEATHS
12001
RECOVERED
🌏64,508,175
INFECTED
🌏41,492,849
RECOVERED
🌏1,492,989
DEATH
🌏64%
RECOVERY RATE
މޯލްޑިވްސް މީޑިއާ ކައުންސިލް--
ނުފޫޒު ފޯރުވާ ކަމަށް ބުނެ ސަފާރީ ރޭޕް ކޭސް ބަލާއި މުޅި ކޮމިޓީ އިސްތިއުފާދީފި
Share
"ސަފާރީ ރޭޕް/ޖިންސީ ފުރައްސާރަ" ގެ މައްސަލައިގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަންކަން ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި، މައްސަލަ ބަލާއި ކޮމެޓީގައި ހިމެނޭ ތިން މެމްބަރުން އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ކޮމެޓީގެ މުގައްރަރު، އަޒްމީ އަލީގެ އިސްތިއުފާގެ ސިޓީގައި ވަނީ، ކޮމެޓީން އިސްތިއުފާ ދެއްވީ މައިގަނޑު ދެ ސަބަބަކާހުރެ ކަމަށާއި އޭގެ ތެރެއިން އެއް ސަބަބަކީ ކޮމިޓީ އެކުލަވާލައި ކޮމިޓީން ނިންމި ނިންމުމެއް ބަދަލުކުރަން ކައުންސިލްގެ ރައީސް، ހިދާޔަތުالله މަސައްކަތްކޮށް، ކޮމިޓީއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. 

އަދި އަނެއް ކަމަކީ އޭނާއަށް ފޯނުން ގުޅުއްވައި، ކޮމިޓީގެ އެހެން މެމްބަރެއްގެ ގޯސް ވާހަކަ ދެއްކެވުން ކަމަށާއި އަދި އެހެން މެމްބަރެއްގެ ގާތުގައި އޭނާއާއި ކޮމިޓީގެ ދެން ހުންނެވި މެމްބަރުގެ ގޯސް ވާހަކަ ދެއްކެވި ކަމަށް މައުލޫމާތު ލިބޭތީ ކަމަށް އަޒްމީގެ ސިޓީގައި ވިދާޅުވެ އެވެ.

"މިއީ ކޮމިޓީގެ އެއް މެމްބަރަކު އަނެއް މެމްބަރަކާ ދެމެދު މައްސަލަ ޖައްސަން ރައީސް ކުރެއްވި ކަމެއް ކަމު ގައި އަޅުގަނޑަށް ގަބޫލު ކުރެވުމެވެ،" އަޒްމީގެ ސިޓީގައި ވިދާޅުވެ އެވެ.

އަޒްމީ، އެކޮމެޓީން އިސްތިއުފާދެއްވިއިރު އެ ކޮމެޓީގައި ދެން ތިއްބެވި ދެ މެމްބަރުން ކަމަށްވާ، މުހައްމަދު ޔާމީން އިބްރާހިމް އާއި އަހުމަދު ނާއިފް ވެސް ވަނީ މެމްބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ.

މެމްބަރުން އިސްތިއުފާ ދެއްވިއިރު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލައާ ގުޅިގެން އެކި ގޮތްގޮތަށް ބައެއް ނޫސްތަކުގައި ހަބަރުތައް ފެތުރި މައްސަލައިގައި، ހަގީގަތާއި ހިލާފު ވާހަކައެއް އެއްވެސް މީޑިއާއަކުން ފަތުރާފައިވާނަމަ، އެކަމެއް ބަލައި ފިޔަވަޅު އަޅައިދިނުމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ވެސް ވަނީ މީޑިއާ ކައުންސިލުގައި އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް