ads
ކޮވިޑް19 ގެ ސަބަބުން އިނގިގެން ދިޔައީ އިންސާނާގެ ނިކަމެތިކަން: ޚުތުބާ
ކޮވިޑް19 ގެ ސަބަބުން އިނގިގެން ދިޔައީ އިންސާނާގެ ނިކަމެތި ކަމާއި އާރެއް ބާރެއް ނެތްކަން ކަމަށް ހުކުރު ހުތުބާގައި ބުނެފައި އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ، މާތް ﷲ އަށް ތަޤުވާވެރިވުމުގައި އެކަލާނގެ ނިއުމަތްތަކަށް ސިއްރާއި ފާޅުގައި ޝުކުރުވެރިވުން ހިމެނޭ ކަމަށެވެ. އަދި ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އަމަންއަމާންކަމާއި، ހަމަޖެހިމުގެ އަސާސުކަމަށެވެ. އަދި ނިއުމަތަށް ޝުކުރުވެރިވުމަކީ ނިއުމަތްތައް ދެމި އޮވެ ކޯފާއިން ސަލާމަތްކޮށްދެއްވާނޭ ކަމެއްކަމަށް ވެސް ހުކުރު ހުތުބާގައި ވެއެވެ. ހުތުބާގައި ބުނެފައިވަނީ ނިއުމަތަށް ޝުކުރުވެރިނުވުމަކީ ނިއުމަތް ނެތި ހިނގައިދާނެ ކަމެއްކަމަށެވެ. 

މީގެ އިތުރުން ހުކުރު ހުތުބާގައި ބުނެފައިވަނީ ﷲ ދެއްވި އެންމެ ބޮޑު ނިއުމަތަކީ އިސްލާމްކަމުގެ ނިއުމަތްކަމަށެވެ. 

"މީގެ ނުވަސަތޭކަ އަހަރު ކުރިން މާތް ﷲ މިވަނީ އަޅުގަނޑުމެނަށް އިސްލާމް ދީނުގެ ހިދާޔަތު ދައްކަވައި އެކަލާނގެއަށް އީމާންވާ މުސްލިމުން ކަމުގައި ލައްވާފައެވެ. އެ ދުވަހުން ފެށިގެން މި ލޮބުވެތި ފަސްގަނޑު މިވަނީ ސައްތައިން ސައްތަ ތާހިރު އިސްލާމީ ފަސްގަނޑަކަށް ވެފައެވެ. މާތްﷲ މި ދެއްވި ނިއުމަތަށް އަޅުގަނޑުމެން ޝުކުރު ކުރަންޖެހޭނެ އެވެ." ހުކުރު ހުތުބާގައި ވެއެވެ.

ހުތުބާގައި ބުނެފައިވަނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް މަސައްކަތް ކުރުމަކީ ދިވެހި ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން އަޅަންޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތައް ބަންދު ކުރަންޖެހުނުކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ އެކަމުގެ ސަބަބުން އެތައް ބަޔަކަށް ފުން އަސަރުތަކެއް ކޮށްފައިވާކަމަށެވެ. ނަމަވެސް މިއަދު މިސްކިތްތައް ހުޅުވި، ރައްކާތެރިކަމުގެ ފިޔަވަޅާއި އެކު ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދު ޖަމާއަތް ޤާއިމުކުރުމުގެ ފުރުސަތު ފަހިވެފައިވާކަމަށެވެ.

ކޮވިޑް19 ގެ ސަބަބުން އިނގިގެން ދިޔައީ އިންސާނާގެ ނިކަމެތި ކަމާއި އާރެއް ބާރެއް ނެތްކަން ކަމަށް ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ ލޮލަށް ނުފެންނަ ކުޑަ މަޚްލޫގެއްގެ ސަބަބުން ބިރުވެރިކަމާއި ނާމާންކަން ވެރިވެ، އާއްމު ހިދުމަތްތައް ހުއްޓި އިގްތިސާދީ ގޮތުން ބޮޑު ގެއްކުމަކާ ކުރިމަތިވި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް